ތިނަދޫ އަދި އުނގޫފާރުގައި ޓާޝަރީ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި

މި ރަސްމިއްޔާތުގައި ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ ލޭބަރޫމް ކޮމްޕްލެކްސް އަދި އައިސީޔޫ އަޕްގްރޭޑް ކުރުމަށް ވެސް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އުނގޫފާރުގައި ޓާޝަރީ ހޮސްޕިޓަލް އަޅަން އާރްޑީސީއާ ހަވާލުކުރަނީ -- ފޮޓޯ: ހެލްތު

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް ބޭނުންވާ އާ އިމާރާތް އެޅުމަށް ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ތިނަދޫ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 17 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރުމަށެވެ. އެ މަސައްކަތުގެ އަގަކީ 147.4 މިލިއަން ރުފިޔާ އެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަން ހަވާލުކުރީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އެވެ. އެއީ 161.2 މިލިއަން ރުފިޔާއަށް، 17 މަސް ތެރޭ ނިންމުމަށް ހަވާލު ކުރި މަޝްރޫއެކެވެ.

"މި ޕްރޮޖެކްޓްތަކުގެ ދަށުން ގާއިމްކުރެވޭ އާ ޢިމާރާތް ނިމި ބޭނުންކުރަން ފެށުމާއެކު، ޓާޝަރީ ހޮސްޕިޓަލްގެ ފެންވަރަށް ހިދުމަތް ލިބިގެންދާނެ،" ހެލްތު މިނިސްޓްރީ އިން ބުންޏެވެ.

މި ރަސްމިއްޔާތުގައި ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ ލޭބަރޫމް ކޮމްޕްލެކްސް އަދި އައިސީޔޫ އަޕްގްރޭޑް ކުރުމަށް ވެސް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެ މަޝްރޫއު ވެސް ހަވާލުކޮށްފައި ވަނީ އާރްޑީސީ އާއެވެ. އެއީ އަހަރު ދުވަހުން 7.7 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެކެވެ.

މި ހޮސްޕިޓަލްތަކަކީ ގިނަ ބަޔަކު ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލްތަކެކެވެ. މި ތަންތަނަށް ކައިރި ރަށްރަށުން ހިދުމަތް ހޯދަން ގިނަ ބަޔަކު ދެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.