އާމްދަނީގެ ގޮތުގައި 11.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ އާމްދަނީ ހުރި މިންވަރަށް ވުރެ ގާތްގަނޑަކަށް 700 މިލިއަން ރުފިޔާގެ އިތުރުވުމެއް ލިބިފައިވެ އެވެ.
ދައުލަތުގެ ހަރަދުތައް ބިލިއަނެއްހާ ރުފިޔާ ކުޑަކޮށް، މިދިޔަ އަހަރުގެ މިހާތަނަށް އައި އިރު 1.6 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައި ހުރި ދައުލަތުގެ ބަޖެޓް މި މަހުގެ 17ގެ ނިޔަލަށް 2.2 ބިލިއަން ރުފިޔާއިން އަރަނިކޮށްފި އެވެ.
ދައުލަތުގެ މާލީ ވުޒާރާއިން އާންމުކުރި 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައިވާ ގޮތުން، މިމަހު 17 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ އާމްދަނީގެ ގޮތުގައި 11.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ އާމްދަނީ ހުރި މިންވަރަށް ވުރެ ގާތްގަނޑަކަށް 700 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މި މަހުގެ 17 ގެ ނިޔަލަށް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ވިތުހޯލްޑިން ޓެކްސްއިންނެވެ. އޭގެ އިތުރުން،ދައުލަތަށް ލިބުނު އާމްދަނީގެ ތެރޭގައި ހިމެނޭ މުހިންމު ބައިތަކަކީ:
ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޖީއެސްޓީ: 3.7 ބިލިއަން ރުފިޔާ (މިދިޔަ އަހަރު 3.4 ބިލިއަން ރުފިޔާ)
ގްރީން ޓެކްސް: 572.5 މިލިއަން ރުފިޔާ (މިދިޔަ އަހަރު 334.9 މިލިއަން ރުފިޔާ)
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 452.6 މިލިއަން ރުފިޔާ (މިދިޔަ އަހަރު 327 މިލިއަން ރުފިޔާ)
ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، މި މުއްދަތުގައި ނިޔަލަށް ދައުލަތުން ވަނީ 9.5 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މިދިޔަ ހަފްތާގެ ތެރޭގައި އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ސަބްސިޑީތަކަށެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދު ހުރީ 12.7 ބިލިއަން ރުފިޔާގަ އެވެ. ދައުލަތުގެ ހަރަދުތަކުގެ ފާހަގަކޮށްލެވޭ ބައިތަކުގެ ތެރޭގައި:
މުސާރަ އާއި އެލަވެންސް އަދި ޕެންޝަން: 3.6 ބިލިއަން ރުފިޔާ (މިދިޔަ އަހަރު 3.3 ބިލިއަން ރުފިޔާ)
އިދާރީ ހަރަދުތަކަށް: 5.2 ބިލިއަން ރުފިޔާ (މިދިޔަ އަހަރު 6.1 ބިލިއަން ރުފިޔާ)
ކެޕިޓަލް ޚަރަދު: 743.1 މިލިއަން ރުފިޔާ (މިދިޔަ އަހަރު 3.2 ބިލިއަން ރުފިޔާ)