ޓޯޑާގައި އޮންނަ މޯލްޑިވިއަން އީވްނިންގް ގައި ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނާއި މީޑިއާގެ މަންދޫބުންނާއި ނުފޫޒުގަދަ ފަރާތްތަކާއި ވީއައިޕީންނާއި ސަރުކާރުގެ ސްޓޭކްހޯލްޑަރުން ހިމެނޭ އިއްޒަތްތެރިނަށް ދައުވަތު ދީފައިވެ އެވެ.
ޑުބާއީގެ ތިއޭޓާ އޮފް ޑިޖިޓަލް އާޓް (ޓޯޑާ) އަކީ ދުނިޔޭގައި މިވަގުތު ހުރި ޓިޖިޓަލް އާޓްގެ އެންމެ މަގުބޫލް ސްޓޫޑިއޯ އެވެ. މިތަނުގައި ކޮންމެ ދުވަހު ޑިޖިޓަލް އެތައް ކޮންޓެންޓެއް ދައްކަމުން ދެ އެވެ. އަދި ކޮންމެ ދުވަހަކު އެތައް ލައްކަ ބަޔަކު މި ތިއޭޓަރަށް ޒިޔާރަތް ކުރެ އެވެ. ދުނިޔޭގެ އެތައް ލައްކަ ބައެއްގެ މެދުގައި މަގުބޫލު މި ތިއޭޓަރުގައި ރާއްޖޭން ތައްޔާރު ވަމުން ދަނީ ރާއްޖޭގެ މާކެޓިން ހަރަކާތެއް ހިންގާށެވެ. ރާއްޖޭގެ ރީތި މަންޒަރުތަކާއެކު އެމްއެމްޕީއާރުސީ އިން ބާއްވާ މަލްޓި-ސެންސަރީ މި ދަތުރު އޮންނާނީ "މޯލްޑިވިއަން އީވްނިންގް" އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.
އެމްއެމްޕީއާރުސީ އިން ބުނީ ޑުބާއީގެ ތިއޭޓާ އޮފް ޑިޖިޓަލް އާޓް (ޓޯޑާ) ގައި ބާއްވާ މި ހަރަކާތުގައި ރާއްޖެ އަކީ މަލްޓިފެސެޓަޑް ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ދައްކުވައިދިނުމަށް ފަރުމާކޮށް، ތިއޭޓާ، މިއުޒިކް، ގެސްޓްރޮނޮމީ، ފެޝަން އަދި ސްޓޯރީޓެލިން ބޭނުންކޮށްގެން ފިލްމް ޓޫރިޒަމް އާއި ހެރިޓޭޖް އަދި ލަގްޒަރީ ޓްރެވަލް އެކްސްޕީރިއަންސް ފަދަ ރާއްޖޭގެ ހުށަހެޅުންތަކަށް އަލިއަޅުވާލާނެ އެވެ.
ޓޯޑާގައި އޮންނަ "މޯލްޑިވިއަން އީވްނިންގް" ގައި ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނާއި މީޑިއާގެ މަންދޫބުންނާއި ނުފޫޒުގަދަ ފަރާތްތަކާއި ވީއައިޕީންނާއި ސަރުކާރުގެ ސްޓޭކްހޯލްޑަރުން ހިމެނޭ އިއްޒަތްތެރި އޯޑިއަންސަކަށް ރާއްޖޭގެ މަލްޓި-ސެންސަރީ ދަތުރެއް ފެށުމަށް ދައުވަތު ދީފައިވެ އެވެ.
އެ ކުންފުނިން ބުނީ މި އިނީޝިއޭޓިވްގެ މަގްސަދަކީ ނެރޭޓިވްސް އާއި ސިނެމެޓިކް ތަޖުރިބާތަކާއި ދުނިޔޭގެ ފެންވަރުގެ މެހްމާންދާރީއިން މުއްސަނދި މަންޒިލެއްގެ ގޮތުގައި ރާއްޖެ އަލުން ބައްޓަން ކުރުމެވެ. މި ހަވީރު ފެށުމަށް ހަމަޖެހިފައިވަނީ ވިޒިޓް މޯލްޑިވްސްގެ އޮފިޝަލުންނާއި ސްޕެޝަލް ހޯސްޓުންނާއެކު، ކޮންޓެންޓް ކެޕްޗާ އާއި ޕްރެސް އެންގޭޖްމަންޓަށް ގިނަ ވަގުތުތަކެއްލިބޭނެ ހާއްސަ ވެނިއު ޓުއާތަކާއެކު، ޓޯޑާގެ ފޯޔާގައި ދިވެހި ރެޑް ކާޕެޓް ރިސެޕްޝަނަކުންނެވެ.
މި ހަރަކާތުގެ އެޖެންޑާގައި ފެށެނީ "ދިވެހި ޑްރީމްސް" ގެ ނަމުގައި ކުރު ފިލްމެކުންނެވެ. އެއަށްފަހު ގެސްޓްރޮނޮމިކް ސްޓޯރީޓޭލިންއާ އެކު "ދޮން ހިޔަލަ އާއި އަލިފުޅު" ގެ ތިއޭޓްރިކަލް ޕާފޯމަންސެއް ދައްކާލާއިރު ކޮންމެ މަންޒަރަކުން އިންސްޕަޔާވެފައިވާ ދިވެހި ކެއުންތަކާއި ތީމެޓިކް ޑިޝްތައް އޯޑިއަންސް އަށް ލިބެން ހުންނާނެ އެވެ. މީގެ އިތުރުން، ޒަމާނީ ޓްވިސްޓަކާ އެކު ސަގާފީ ދިވެހި ހެދުންތައް ހިމެނޭ ފެޝަން ޝޯއަކާއި ލައިވް މިއުޒިކަލް ޕާފޯމަންސްތަކާއި ކަލްޗަރަލް ޑާންސް އަދި ސްޓޯރީޓޭލިން ސެގްމެންޓްތައް ވެސް ފެނިގެންދާނެއެވެ. ދިވެހި ފިއުޝަން ޑިޝްތަކާއި ޓްރެޑިޝަނަލް ކެއުންތައް ބުފޭ ސްޓައިލްގައި ހުށަހަޅައި ކިއުރޭޓެޑް މެނޫ ކާޑުތަކުން ކޮންމެ އައިޓަމެއްގެ ފަހަތުގައިވާ ވާހަކަ ކިޔައިދިނުމަށްވެސް ވަނީ ރާވާފަ އެވެ.
މޯލްޑިވިއަން އީވްނިންގްގައި އިންޓަރެކްޓިވް ކޮންޓެންޓް ޒޯންތަކުގެ ތެރޭގައި 360 ޑިގްރީ އިމަސިވް އެކްސްޕީރިއަންސާއި މެންގްރޫވް މެޖިކް، އަންޑަވޯޓާ ވޮންޑާސް އަދި ބީޗްސް އޮފް ދަ މޯލްޑިވްސް ފަދަ ރާއްޖޭގެ ތިމާވެށީގެ ނިޒާމުތައް ދައްކުވައިދޭ ވާޗުއަލް ރިއަލިޓީ ރޫމެއްގެ އިތުރުން ކަސަބު ވިޔުން، ކުނާ އަދި ފަންގި ވިނުމުގެ ސަގާފީ ކްރާފްޓްމަންޝިޕް ޑިސްޕްލޭތައް ހިމެނޭ އިންޓަރެކްޓިވް ރޫމެއް ވެސް ހިމެނެ އެވެ. މީގެ އިތުރުން، ރާއްޖޭގެ މަޝްހޫރު ކުރެހުންތެރިޔެއް ކަމަށްވާ ރާއްޕެ ލައިވް މިއުޒިކާއެކު އޯޑިއަންސްގެ ކުރިމަތީގައި އާޓް ޕީސްއެއް ވެސް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހަރަކާތް ނިންމާލުމަށް ހަމަޖެހިފައިވަނި ރާއްޖޭގެ މަޝްހޫރު ބޭންޑެއް ކަމަށްވާ ސްކައިރޮކްއިން ދިވެހި ރާގުތައް ބައިނަލްއަގްވާމީ ނުފޫޒުތަކާ އެއްކޮށްލައި، ހުރިހާ އޯޑިއަންސްއަކަށްވެސް ކަމުދާނެ، ގުގުމާލާނެ ހައި އެނާޖީ ޕާފޯމަންސަކުންނެވެ.
އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ މި ހަރަކާތަކީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދައިން ރާއްޖެ ތަޖުރިބާ ކޮށްލެވޭނެ ސެންސަރީ ދަތުރަކަށް ވެގެންދާނެ ކަމަށެވެ.
"ރާއްޖޭގެ ވާހަކަތަކާއި މިއުޒިކާއި ރަހަތަކާއި ދިވެހި ރޫހު މި ހަރަކާތުން ޑުބާއީއަށް ގެނެސް ދޭނީ ބެލުންތެރިން ވަރަށް ބޮޑަށް ގުޅިލާ މެހިގެންދާނެ ގޮތަކަށް،" ޝިއުރީ ވިދާޅުވި އެވެ.
މޯލްޑިވިއަން އީވްނިންގްއަކީ ސްޓޯރީޓެލިންގް އާއި ދިވެހި ސަދާފަތުގެ ޒަރިއްޔާއިން ޑެސްޓިނޭޝަން މާކެޓިން އަލުން މުރާޖައާ ކުރުމުށާއި ސަރަޙައްދީ ގޮތުން އަމާޒުކުރެވިފައިވާ ކެމްޕެއިންތަކަށް ބަދަލުވުން ތަމްސީލުކުރާ ވިޒިޓް މޯލްޑިވްސްގެ އައު ސްޓްރެޓެޖީގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ. އޭޓީއެމްގެ ސްޓްރެޓެޖިކް މުހިއްމުކަން ފާހަގަކޮށް ވިޒިޓް މޯލްޑިވްސްއިން ވަނީ މިއަހަރުގެ ފްލޭގްޝިޕް ފެއާގެ ގޮތުގައި އޭޓީއެމް ޑުބާއީ 2025 ކަނޑައަޅާފައެވެ. ވިޒިޓް މޯލްޑިވްސްއިން މަސައްތްކަތްކުރަނީ ވިޔަފާރީގެ ދާއިރާއާއި މީޑިއާއާ ގުޅުން ބަދަހިކޮށް، ރާއްޖެ އަކީ ފަތުރުވެރިން އެންމެ އެންމެ ދާން ބޭނުންވާ މަންޒިލުގެ ގޮތުގައި ބައްޓަންކޮށް، ރާއްޖޭގެ ޕްރޮޕަޓީތަކުން ލިބޭ ތަފާތު ހުށަހެޅުންތަކާއި ދިވެހި ތަޖުރިބާތަކަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ.