ސްކޮލަރޝިޕް ތަކަށް ކުރިމަތި ލެވޭނީ 24 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށެވެ. ސްކޮލަރޝިޕްގެ ދަށުން ކޯސް ފީ އާއި ސްޓައިޕަންޑް އަދި ވިސާ ފީގެ އިތުރުން ދެކޮޅު ޓިކެޓް އާއި ބުކް އެލަވަންސް އަދި އެސްޓަބްލިޝްމަންޓް އެލަވަންސް ދޭނެ އެވެ.
އިންޖިނިއަރިންގެ ދާއިރާ އިން ބޭރުގައި މަތީ ތައުލީމަށް ކިޔަވަން ސްޓެލޯއިން ހުޅުވާލާފައިވާ މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕުގެ މައުލޫމާތު ދިނުން ބުރާސްފަތި ދުވަހު އޮންނާނެ އެވެ.
ސްޓެލްކޯ އިން ބުނީ މި ސްކޮލާޝިޕްގެ މައުލޫމާތު ދޭން ވޯކް-އިން ބާއްވާ އިންފޮމޭޝަން ސެޝަން އޮންނާނީ 24 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އިން 12:00 ސްޓެލްކޯގެ ޓްރެއިނިންގ ރޫމް (ފަސްވަނަ ފަންގިފިލާ)ގަ އެވެ.
މި ސެޝަންގައި މި ސްކޮލާޝިޕްތަކާއި ގުޅޭ ހުރިހާ މައުލޫމާތެއް ދެވިގެންދާނެ. މީގެ އިތުރުން އޮންލައިން އިންފޮމޭޝަން ސެޝަންއެއް 13:00 އިން 14:00 އަށް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އޮންލައިން ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ސެޝަންއަށް ރަޖިސްޓަރ ވުމަށް އެދި training@stelco.com.mv އީމެއިލް ފޮނުވުމުން މީޓިން ލިންކު ހިއްސާކުރެވިގެންދާނެ އެވެ.
ސްކޮލަރޝިޕް ތަކަށް ކުރިމަތި ލެވޭނީ 24 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށެވެ. އަދި އޭލެވެލްގައި ހިސާބާއި ފިޒިކްސް ނުވަތަ ކެމިސްޓްރީ އާއި ކޮމްޕިއުޓަރު ސައިންސް ހިމެނޭހެން ދެ އޭސްޓާ އަދި އޭއެއް ހޯދާފައިވުން މި ސްކޮލާޝިޕަށް ކުރިމަތިލުމުގެ ޝަރުތުގެ ތެރޭގައި ހިމެނެ އެވެ.
ސްޓެލްކޯއިން އިތުރަށް ބުނިގޮތުގައި ސްކޮލަރޝިޕްގެ ދަށުން ކޯސް ފީ އާއި ސްޓައިޕަންޑް އަދި ވިސާ ފީގެ އިތުރުން ދެކޮޅު ޓިކެޓް އާއި ބުކް އެލަވަންސް އަދި އެސްޓަބްލިޝްމަންޓް އެލަވަންސް އެ ކުންފުނިން ދޭނެ އެވެ.