ސައީދު ފާހަގަ ކުރެއްވި ގޮތުގައި ބޭންކަށް ލައިސަންސް ލިބި އެޑްމިން ސެޓަޕް ހެދި ބޭންކުގެ އިތުރު މަސައްކަތްތައް ފިނޭންސް މިނިސްޓަރީގައި ހަލުވިކަމާއެކު ކުރަމުންދެ އެވެ.
ސަރުކާރުގެ އަމާޒަކީ ދުނިޔެ ގަބޫލުކުރާ މާލީ ނިޒާމުތަކަށް ފެތޭ ޑިވްލޮޕްމަންޓް ބޭންކްއެއް ހެދުން ކަމަށާ އެ މަގުސަދު ހާސިލް ކުރާނެކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު ސައީދު ދެއްވައިފި އެވެ.
ރާއްޖޭގައި ޑިވްލޮޕްމަންޓް ބޭންކްއެއް ނެތުމުގެ ސަބަބުން އިގްތިސޯދަށް ފަޅުކަން އޮތްކަމަށް ބުނެ ވާހަކަ ދައްކާތާ އެތައް އަހަރެއްގެ ފަހުން ފުރަތަމަ ރާއްޖޭގައި އުފެއްދި ޑިވްލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން މިނިސްޓަރު ސައީދު މިއަދު ވިދާޅުވީ ބޭންކަށް ލައިސަންސް ލިބި އެޑްމިން ސެޓަޕް ހެދި ބޭންކުގެ އިތުރު މަސައްކަތްތައް ފިނޭންސް މިނިސްޓަރީގައި ހަލުވިކަމާއެކު ކުރަމުންދާ ކަމަށެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި ގޮތުގައި ބޭންކްއަށް އަންނަ ސީއީއޯއެއް މާދަމާވެސް އިސްތިއުފާ ދެއްވަފާނެ ކަމަށާ ނަމަވެސް ނުވާނެ ކަމަށާ މި މަސައްކަތް ކާމިޔާބު ކުރަން ސަރުކާރުން ކުރަމުން ގެންދާ މަަސައްކަތް ހުއްޓާލުމެވެ.
"ޑިވްލޮޕްމަންޓް ބޭންކް އެހުރީ ހެދިފަ. މި ސަރުކާރުން އިރާދުކުރެއްވިއްޔާ އެ އެއްޗަކަށް ހަދާނަން. މީގެ 30 ނޫނީ 40 އަހަރު ކުރިން ފެށިގެން ބޭންކް ހަދަންވީ ފައިސާއެއް ނުލިބޭ މިހެން ކިޔަމުން ދިޔައީ. މިއީ ދެއްކި [ކުރީގެ ސަރުކާރު] ތަކުން. އެކަމަކު ރައީސް މުއިއްޒު މިކަމަށް ސީދާ ނަތީޖާއަށްދާން އެކްޝަނެއް ނެގީ،" ސައީދު ވިދާޅުވި އެވެ.
ރާއްޖޭގެ ފުރަތަމަ ޑިވްލޮޕްމަންޓް ބޭންކް އިފްތިތާހުކޮށްދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ވަނަ ދުވަހު އެވެ. ބޭންކް ހިންގަން ފަށަން ސެޓަޕްހަދައި އަމަލީ ގޮތުން ފައިނޭންސް ދޫކުރަން ފެށުމުގެ މަސައްކަތް ކުރަނީ ރާއްޖޭގެ ފުރަތަމަ މަރުކަޒީ ބޭންކް ހިންގި އުމަރުޝޮޕިން އާކޭޑް ހުރި އިމާރާތުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމު ގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ސަރުކާރުގެ ކުންފުންޏެއް އުފެއްދެވީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސާދީ / އިޖުތިމާއީ ތަރައްގީ އަށް އިންވެސްޓު ކުރުމާއި އުމްރާނީ ތަރައްގީ އަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެކެވެ. މީގެ އިތުުރުން ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަކީ ވެސް ކުންފުނި އުފެއްދި މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރަކީ ވެސް ބޭނުމުގައި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް އުފެއްދުމުގެ މުހިންމު މަގުސަދެކެވެ.