"ނިޒާމަށް ބަދަލު ގެންނަން އުޅެނީ ވޯޓު އޮޅުވާލަން"

"މި ސޮއްސާލަނީ ކުޑަ ކާފު ބޮޑު ކާފުގެ ޒަމާނަށް. ކިތަންމެ މޮޅު ނަމެއްކިޔަސް އިހުލާސްތެރި ކަމުގެ ޒައްރެއްވެސް ނެތް. ނިޔަތަކީ ވޯޓު ފޮއްޓަށް އަތްބޭނުން. ވޯޓު އޮޅުވާލުން،" ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު --

އިންތިހާބީ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ވޯޓު އޮޅުވާލުމަށް ކުރަން އުޅޭ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި، އެއްބުރުން ވޯޓުލައި ސަރުކާރެއް އުފެއްދުމަށް ޕްރިފެރެންޝަލް ވޯޓިން ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. 

އެކަމާ ދެކޮޅު ހައްދަވައި ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޯޓުލާ ނިޒާމަށް ބަދަލުގެންނަން މިހާރު ދައްކާ ވާހަކަ ތަކަކީ ވޯޓު ގުނުން އެތައް ބުރަކަށް ދަންމާލައި، ފޮށިތައް މާލެ ގެނެސް ވޯޓު އޮޅުވާލުމަށް ރާވާ ރޭވުމެއް ކަމަށެވެ.

"މި ސޮއްސާލަނީ ކުޑަ ކާފު ބޮޑު ކާފުގެ ޒަމާނަށް. ކިތަންމެ މޮޅު ނަމެއްކިޔަސް އިހުލާސްތެރި ކަމުގެ ޒައްރެއްވެސް ނެތް. ނިޔަތަކީ ވޯޓު ފޮއްޓަށް އަތްބޭނުން. ވޯޓު އޮޅުވާލުން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ ވޯޓުގެ ނިޒާމަށް ސަރުކާރުން ގެންނަން އުޅޭ ބަދަލަށް ނޫނެކޭ ބުނުމަށް ގޮވާލައްވާފަ އެވެ.

"ވޯޓު ގުނަންވާނީ ވޯޓުލީ މަރުކަޒެއްގައި އެންމެންގެ ކުރިމަތީގައި. ވޯޓުގެ %50 + 1 ނުވަތަ ވޯޓުލީ މީހުންގެ ސާފު އަޣްލަބިއްޔަތު ލިބެން ޖެހޭނެ،" ޝާހިދު ވިދާޅުވި އެވެ.

ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ދިއުމަށް އެމްޑީޕީން ދެކޮޅު ހެދި ނަމަވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމަށް ތާއީދު ކުރައްވާފަ އެވެ. އެމަނިކުފާނު އިއްޔެ ވިދާޅުވެފައި ވަނީ އެއްބުރުން ވޯޓުލައި ނިންމާލާ އުސޫލަކީ އެންމެ ރަގަޅު އުސޫލު ކަމަށެވެ.

ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ދިރާސާ ކުރަމުންދާ ކަމަށް ރައީސް މީގެ ކުރިން ވިދާޅުވެފައިވެ އެވެ. ރައީސް ވިދާޅުވެފައި ވަނީ އެގޮތަށް ބަދަލު ކުރާނީ ރަގަޅަށް ދިރާސާކުރުމަށްފަހު، އެއީ ގައުމަށް އެންމެ ރަގަޅު ގޮތް ކަމަށް ފެންނަ ނަމަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.