ވަޒީފާއެއް ބޭނުން ތަ؟ އެމްޓީސީސީން ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް

ކާޕެންޓަރުގެ މަގާމަށް 20 މުވައްޒަފުން އަދި މޭސަންގެ މަގާމަށް 20 މުވައްޒަފުން ބޭނުންވެ އެވެ. މިއާއެކު ހުރިހާ ވަޒީފާތަކަށް މުޅި ޖުމްލަ 60 ކެންޑިޑޭޓުން ބޭނުންވެ އެވެ.

އެމްޓީސީސީގައި މުވައްޒަފުން މަސައްކަތް ކުރަނީ -- އެމްޓީސީސީ

ރާއްޖޭގެ އެންމެ ގިނަ މަޝްރޫއު ހިންގާ އެއް ކުންފުންޏަކީ އަބަދުވެސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އެހެންވެ ދިވެހި މުވައްޒަފުންގެ ވަޒީފާގެ އެންމެ ބޮޑު "ފޯހެއް" އޮތީ ވެސް އެ ކުންފުނީގަ އެވެ.  އެންމެ ގިނަ ފުރުސަތު ފަހިކޮށް އޮންނަނީ ވެސް އެ ކުންފުނީގަ އެވެ. މި ހުރިހާ ފުރުސަތު ތަކެއް އޮތް ކުންފުނިން މިވަނީ އަނެއްކާ ވެސް ދިވެހި ޒުވާނުންނަށް އިތުރު ފުރުސަތު ތަކެއް ހުޅުވާލާފަ އެވެ. އެމްޓީސީސީ އިން މިވަނީ ދިވެހި ޒުވާނުންނަށް 60 ވަޒީފާގެ ފުރުސަތު ހުޅުވާލާފަ އެވެ.

އެމްޓީސީސީ އިން ބުނީ އެ ކުންފުނީގެ ޕްރޮޖެކްޓް ތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއްވެފައިވާ ކަމަށެވެ. މުވައްޒަފުން ހޯދަމުން މިދަނީ ތިން މަގާ ކަމަށެވެ. އެގޮތުން އެއީ ޓެކްނިކަލް އެސިސްޓެންޓްގެ މަގާމަށް 20 މުވައްޒަފުން ހޯދާއިރު، ކާޕެންޓަރުގެ މަޤާމަށް 20 މުވައްޒަފުން އަދި މޭސަންގެ މަޤާމަށް 20 މުވައްޒަފުން ބޭނުންވެ އެވެ. މިއާއެކު ހުރިހާ ވަޒީފާތަކަށް މުޅި ޖުމްލަ 60 ކެންޑިޑޭޓުން ބޭނުންވެ އެވެ.

ވަޒީފާގެ ފުރުސަތުތަކާއި ޝަރުތު

ޓެކްނިކަލް އެސިސްޓެންޓް

އަސާސީ ތަޢުލީމް ހާސިލްކޮށްފައިވުން

ކާޕެންޓަރު އަދި މޭސަން

ދެ އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
މުސާރައާއި އިނާޔަތްތައް
ޓެކްނިކަލް އެސިސްޓެންޓް
10،000 ރުފިޔާ
އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
ސްޓާފް މެޑިކަލް އިންޝުއަރެންސް
ޕެންޝަން ސްކީމް
ކެއުމާއި ހުރުމުގެ އިންތިޒާމް ކުންފުނީގެ ފަރާތުން ހަމަޖައްސައިދެވޭނެ

ކާޕެންޓަރު

11،400 ރުފިޔާ
އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
ސްޓާފް މެޑިކަލް އިންޝުއަރެންސް
ޕެންޝަން ސްކީމް
ކެއުމާއި ހުރުމުގެ އިންތިޒާމް ކުންފުނީގެ ފަރާތުން ހަމަޖައްސައިދެވޭނެ
ވަޒިފާ އަދާކުރަންޖެހޭ ތަން: ކުންފުނިން ކަނޑައަޅައި ސައިޓެއްގައި

މޭސަން

11،400 ރުފިޔާ
އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
ސްޓާފް މެޑިކަލް އިންޝުއަރެންސް
ޕެންޝަން ސްކީމް
ކެއުމާއި ހުރުމުގެ އިންތިޒާމް ކުންފުނީގެ ފަރާތުން ހަމަޖައްސައިދެވޭނެ

އެޕްލައި ކުރާނެ ގޮތް -  އެމްޓީސީސީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާނެއެވެ. (MTCC | Careers) މި މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މިމަހުގެ 23:59ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.