އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މިއަހަރު އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި 8،364 ދަރިވަރުން ބައިވެރިވެ އެވެ. އަދި ޖުމުލަ 260 މަރުކަޒެއްގައި އިމްތިހާނު ކުރިއަށް ދާނެ ކަމަށް ވެސް ބުންޏެވެ.

މިއަދު އިމްތިހާނު ފަށާފައި ވަނީ އިސްލާމް މާއްދާއިންނެވެ. މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިިޔަލަށް އިމްތިހާނުތައް ކުރިއަށް ދާނެ އެވެ.
މިމަހުގެ ހަތްވަނަ ދުވަހު ފެށި ދިރާސީ އާ އަހަރުގައި ގްރޭޑް 10 ފެށި ދަރިވަރުން އޯލެވެލް އިމްތިހާނު ހެދުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ/މާޗް މަހު އެވެ. އަދި ގްރޭޑް 9 ގައި ކިޔަވާ ދަރިވަރުން އޯލެވެން އިމްތިހާނު ހަދާނީ އަންނަ އަހަރުވެ އޮކްޓޯބަރު/ނޮވެމްބަރުގަ އެވެ.
މިއަދު ފެށި އޯލެވެލް އިމްތިހާނާއެކު އެޑިއުކޭޝަނާއި ދާއިރާގެ ފަރާތްތަކުން ވަނީ އިމްތިހާނު ހަދާ ދަރިވަރުންނަށް ކާމިޔާބީ އަށް އެދިފަ އެވެ.