މި ހަމަލާގެ ސަބަބުން މީހާގެ ކޮނޑަށާއި އަތަށް ޒަހަމްތަކެއް ލިބުނަސް ހާލު ރަގަޅެވެ. އަދި މިހާރު ލޭ މަނާކޮށް، ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، ކޮނޑުހުޅުން ނެއްޓުނު ބައި ވެސް ވަނީ އަޅުވާފަ އެވެ.
އެ ސިޓީއިން މި ހާދިސާގެ މައުލޫމާތު އެނގޭ މީހަކު ބުނީ މިޔަރު ހަމަލާ ދިނުމުގެ ސަބަބުން އުމުރުން 30 އަހަރުގެ އެ ފިރިހެން މީހާގެ ކޮނޑުހުޅު ނައްޓައިގެން ދިޔަ ކަމަށެވެ. ފަރުވާ ދިނުމަށް އޭނާ ގެންދިޔައީ އެރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށެވެ.
މި ހަމަލާގެ ސަބަބުން މީހާގެ ކޮނޑަށާއި އަތަށް ޒަހަމްތަކެއް ލިބުނަސް ހާލު ރަގަޅެވެ. އަދި މިހާރު ލޭ މަނާކޮށް، ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، ކޮނޑުހުޅުން ނެއްޓުނު ބައި ވެސް ވަނީ އަޅުވާފަ އެވެ.
އެމީހާއަކީ އާންމުކޮށް މަސްހިފަން މޫދަށް ފައިބާ މީހެއް ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.