ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ އިއްޔެ ހެނދުނު ފެނުނީ އުމުރުން 21 އަހަރުގެ އަންހެނެކެވެ. ފުލުހުން ބުނީ އަންހެން މީހާ ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ 7:23 ހާއިރު ކަމަށެވެ.
މާލޭ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާއަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެޗުން ބުނެފި އެވެ.
ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ އިއްޔެ ހެނދުނު ފެނުނީ އުމުރުން 21 އަހަރުގެ އަންހެނެކެވެ. ފުލުހުން ބުނީ އަންހެން މީހާ ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ 7:23 ހާއިރު ކަމަށެވެ.
އަންހެން މީހާ ފުރާޅު މަތިން ނަގާފައި ވަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު އެވެ. އަދި ވަގުތުން އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ އަންހެން މީހާއަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި، ވެންޓިލޭޓަރަށް ލައިގެން ކަމަށެވެ. އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އަންހެން މީހާ ވެއްޓުނީ ޖެހިގެން ކުރި ގޭ މަތިންނެވެ. ވެއްޓުނީ ކިހިނެއް ކަމެއް ނޭންގެ އެވެ. ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.