މިދިޔަ އަހަރުގެ މާޗިރު މަހު ރާއްޖެ އަށް ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ މެރިން ގޭސް އަދި ޑީސަލްގެ އިތުރުން ޕެޓްރޯލް އެތެރެކޮށްފައިވެ އެވެ. ނަމަވެސް މި އަހަރުގެ މާރިޗު މަހު މި އަދަދު ވަނީ 867 މިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.
މި އަހަރުގެ މާރިޗު މަހާއި މިދިޔަ މަސް އަޅާ ބަލާނަމަ ރާއްޖެއަށް ތެޔޮ އެތެރެކުރި މިންވަރު 16 ޕަސެންޓް ދަށްވެފައިވާ ކަމަށް ދައްކައިފި އެވެ.
މޯލްޑިވްސް ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މާޗިރު މަހު ރާއްޖެ އަށް ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ މެރިން ގޭސް އަދި ޑީސަލްގެ އިތުރުން ޕެޓްރޯލް އެތެރެކޮށްފައިވެ އެވެ. ނަމަވެސް މި އަހަރުގެ މާރިޗު މަހު މި އަދަދު ވަނީ 867 މިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.
ތެލުގެ އިމްޕޯޓް ދަށްވިނަމަވެސް ކާބޯތަކެތި އެތެރެ ކުރި މިންވަރު ބޮޑުތަނުން މަތިވަމުން ގޮސްފައިވާކަމަށް ދަށްކަ އެވެ. މިދިޔަ އަހަރުގެ މާރިޗް މަހާއި ކާބޯތަކެތީ އެތެރެކުރި މިންވަރު ވަނީ ހަތް ޕަސެންޓުގެ އިތުރުވުމެއް އައިސްފަ އެވެ. މިދިޔަ އަހަރު 958 މިލިއަން ރުފިޔާގެ ކާބޯތަކެތި ރާއްޖެއަށް އެތެރެކޮށްފައިވާއިރު މި އަހަރު މި އަދަދު ހުރީ އެއް ބިލިއަން ރުފިޔާއަށްވުރެ މަތީގަ އެވެ.
ރާއްޖެ އަށް ވަންނަ ބޭރު ފައިސާގެ ބޮޑު ބައެއް ކޮންމެ އަހަރަކު ވެސް ހޭދަކުރަން ޖެހޭ ތެޔޮ ބިލަށް މަހެއްގެ މައްޗަށް 50 މިލިއަން ޑޮލަރު ހަރަދުކުރެ އެވެ. އެހެންވެ ސަރުކާރުން ވަނީ ތެލަށް ކުރާ ހަރަދު ކުޑަކުރަން އިޔާދަކުރަނިވި ހަކަތައިން ހަކަތަ އުފެއްދޭނެ އިންތިޒާމު ހަމަޖައްސަން މަސައްކަތް ފަށާފަ އެވެ. ރާއްޖޭގައި ބޭނުން ކުރާ ހަކަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ވައުދެކެވެ.