އިންޑިއާގެ މި ފެސްޓިވަލްގައި ބިދަބިންއިން ރާއްޖޭގެ ބޮޑު ބެރާއި އެެހެނިހެން ސަގާފީ އައިޓަމްތައް ވަރަށް ތަފާތު ކޮންސެޕްޓެއްގައި ދައްކުވައި ދޭނެ އެވެ.
ރާއްޖޭގެ ބޮޑު ބެރުގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ "ބިދަބިން" ބޮޑުބެރު ގްރޫޕް އަދި ސަގާފީ އެކިކަހަލަ ހަރަކާތްތަކުގައި ވެސް ރާއްޖޭގައި ވިދާލާފައިވާ ބިދަބިން އިންޑިއާގެ "ނެޝަނަލް ޓްރައިބަލް ޑާންސް ފެސްޓިވަލް" ގައި ބާއްވެރިވާ ގޮތަށް ހަމަޖައްސައިފި އެވެ.
ބިދަބިންގެ މި ދަތުރު އޮންނާނީ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ތިންވަނަ ދުވަހަށެވެ.
ޗަތީސްގަރުގައި އޮންނަ ފެސްޓިވަލްގައި ރާއްޖެއާއެކު ނުވަ ގައުމެއްގެ ފަންނާނުން ބައިވެރިވާނެ އެވެ.
މި ފެސްޓިވަލްގައި ބިދަބިންއިން ރާއްޖޭގެ ބޮޑު ބެރާއި ސަގާފީ އައިޓަމްތައް ވަރަށް ތަފާތު ކޮންސެޕްޓެއްގައި ދައްކުވައިދޭނެ އެވެ.