ރައީސް މަސްވެރިންނާ ޑައިރެކްޓް ލިންކެއް، މެސެޖުތަކަށް ޖަވާބު ދެއްވާ

މި ސަރުކާރު ހަވާލުވިއިރު މަސްވެރިންނަށް ނުދީ 250 މިލިއަން އޮތެވެ. ނަމަވެސް އެ ފައިސާ ދޫކޮށް ބަރާބަރަށް މިހާރު ދަނީ މަސްވެރިންނަށް ފައިސާ ޖަމާ ކުރަމުންނެވެ.

ކަންނެލި މަސްވެރިންގެ ޖަމިއްޔާއާ ރައީސް ބައްދަލު ކުރައްވަނީ -- ރައީސް އޮފީސް

މަސްވެރިންނާ ބައްދަލުކޮށް ސީދާ އެމަނިކުފާނަށް މުއާމަލާތް ކުރެވޭނެފަދަ "ޑައިރެކްޓް ލިންކެއް" އަޅާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ދާދިފަހުން ވެސް ރައީސް ވަނީ ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވަން ރައީސް އޮފީހުގައި މަސްވެރިންގެ ތަމްސީލް ކުރާ ޖަމިއްޔާއެކު ވެސް ބައްދަލުމެއް ބާއްވާފަ އެވެ. އަދި ކެޔޮޅުންނާއެކު ވެސް ބައްދަލު ކުރައްވާފައިވެ އެވެ. 

"ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައީސް އޮފީހުގައިވެސް ކެޔޮޅުންނާ ބައްދަލުކޮށްފައިވާއިރު އަމިއްލަފުޅު ގޮތުންވެސް ބައްދަލު ކުރަމުން ގެންދާ ކަމަށެވެ.

"މިހާރު ބަރާބަރަށް ސީދާ ގުޅުން ވެސް އެބަ ބާއްވަން އެ ބޭފުޅުންނާ. [މަސްވެރިން] އަޅުގަނޑާ އެ ބޭފުޅުންނާ ޑައިރެކްޓް ލިންކެއް އެބައޮތް. ކޮންމެ ދުވަހަކު ވެސް މެސެޖު ކުރެއްވިޔަސް ޖަވާބު ދެން. އެ ބޭފުޅުން މުހިންމު،" ރައީސް ވިދާޅުވި އެވެ. 

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު، މަސްވެރިން ކިރުވާފައިވާ މަހަށް 250 މިލިޔަން ރުފިޔާ ނުދީ އޮތެވެ. އެހެންނަމަވެސް އެ ފައިސާ ދައްކާ ހަލާސްކޮށް މިހާރު ދުވަހުން ދުވަހަށް ފައިސާ ދެމުންދާކަން ރައިސް ފާހަގަ ކުރެއްވި އެވެ. އަދި މިހާތަނަށް ޑިސެމްބަރު 10 އަކުން ފެށިގެން 470 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. 

"ބަރާބަރަށް ފައިސާ ދޭންފެށުމުން އޭގެ ހެޔޮ ނަތީޖާވެސް ދަނީ ފެންނަމުން. ކުރިން ފައިސާ ނުދެވުމުގެ ސަބަބުން މަސްދޯނިތަކުން އެތައް ޒުވާނުންނެއް ފޭބި. ނަމަވެސް މިހާރު އެ ފޭބި ޒުވާނުން މަސްދޯނިތަކަށް ދަނީ އަރަމުން. އެހެން މަސައްކަތް ފަށާފަ ވަޒީފާތަކަށް ދާން ފެށި ޒުވާނުން ދޯނިތަކަށް އަރަން ފަށައިިފި،" ޑރ. މުއިއްޒު ވިދާޅުވި އެވެ. 

ކަންނެލި މަސްވެރިންގެ ޖަމިއްޔާގެ އިސްވެރިން ރައީސް އޮފީހުގައި -- ރައީސް އޮފީސް

ރައީސް ވިދާޅުވީ ބޭރުން ވަނީ ދޯނިތަކުގައި އުޅޭ ބިދޭސީންގެ ބަދަލުގައި ދިވެހިން ތިބުން ކަމަށާ އެކަމަކު އެކަންވާނީ ބަރާބަރަށް ފައިސާ ދީ އެފަދަ ކަންކަން މަސްވެރިންނަށް ގަބޫލު ކުރެވިގެން ކަމަށް ދެކެވަޑައިގަންނަވަ އެވެ. އަދި އެ ބަދަލު އަންނަން ފަށާފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ. 

ރައީސް ވިދާޅުވީ އެންމެ ބޮޑު އެއް ވިސްނުންފުޅަކީ ވެލިއު އެޑް ނުވަތަ އަގު އެއްކުރެވޭ އުފެއްދުންތައް ތައްޔާރުކޮށް މާކެޓްކުރެވޭ ކެޕޭސިޓީ އިތުރު ކުރުމެވެ. އަދި މިހާރު ރާއްޖޭގައި އަގު އެއްކުރެވޭ މަހުގެ ބާވަތްތައް ތައްޔާރުކުރުމުގެ ކެޕޭސިޓީ ހުރީ 115 ޓަނުގައި ހުރިނަވެސް މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކާއެކު މަޝްރޫޢުތަކާއެކު މި އަދަދު ތިން ގުނަކޮށް 365 ޓަނުގެ އިތުރުވުމެއް އަންނާނެކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"މިހާރު ކަޅުބިލަސް މަސް ކެޕޭސިީއަކީ 9،500 ޓަނު. މިހާރުގެ މަސައްކަތްތައް 25،000 ޓަނަށް އިތުރު ކުރެވޭނެ. އައިސް ޕްލާންޓްތަކުގެ ކެޕޭސިޓީއަށްވެސް 600 ޓަނު އިތުރު ކުރެވިދާނެ. މިއީ ކަންބޮޑުވުމެއް ނެތި ކުރިއަށް ގެންދެވޭނެ މަޝްރޫއުތައް،" ރައީސް ފާހަގަ ކުރެއްވި އެވެ. 

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގައި ހަރަކާތްތެރިވާ އޮޑިފަހަރުގެ %95 ޕަސެންޓް އުޅަނދު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. މި މަސައްކަތް ފުރިހަމަ ވުމުން މުޢައްސަސާތަކާއި ބޭންކުތަކުންނާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ލިބިދޭ މާލީ އެހީތެރިކަން ނިޒާމީގޮތެއްގައި މަސްވެރިންނަށް ހޯދޭނެކަމަށް ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.