100އަށް ވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުން ހޯދަން އިއުލާނުކޮށްފި

އެ މަގާމުތަކަށް ދިވެހިން ހޯދަން އިއުލާނުކޮށްގެން ނުލިބިގެން، ރާއްޖޭން ބޭރުން 40 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި 70 ނަރުހުން ބޭނުންވާ ކަމަށް ހެލްތުން ކުރި އިއުލާނުގައި ބުންޏެވެ.

ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިން --

އަތޮޅު ތެރޭގައި ހުރި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ 100 އަށް ވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެ މަގާމުތަކަށް ދިވެހިން ހޯދަން އިއުލާނުކޮށްގެން ނުލިބިގެން، ރާއްޖޭން ބޭރުން 40 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި 70 ނަރުހުން ބޭނުންވާ ކަމަށް ހެލްތުން ކުރި އިއުލާނުގައި ބުންޏެވެ.

މައިގަނޑު ހަތް ދާއިރާއަކުން ހޯދަނީ، ކޮންމެ ސްޕެޝަލްޓީއަކަށް ފަސް ޑޮކްޓަރުންނެވެ.

  • އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން.
  • ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން.
  • ހޭނެއްތުމަށް ހާއްސަ ޑޮކްޓަރުން.
  • ކަށީގެ އޮޕަރޭޝަން ޑޮކްޓަރުން.
  • އާންމު ސާޖަރީތަކަށް ހާއްސަ ޑޮކްޓަރުން.
  • ރޭޑިއޮލޮޖިސްޓުން.

ޑޮކްޓަރުންނަށް މުސާރައިގެ ގޮތުގައި 30،990ރ، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 425ރ، އެކޮމޮޑޭޝަން އެލަވަންސްގެ ގޮތުގައި 7،000ރ، އަދި ފުޑް އެލަވަންސްގެ ގޮތުގައި 2،400ރ. އާއެކު މަދުވެގެން 51،440ރ. ވަނީ ކަނޑައަޅައިފަ އެވެ.

ނަރުހުންގެ ކަނޑައަޅާފައިވަނީ، މުސާރަ އަށް 9،060ރ. މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 120ރ. އެކޮމޮޑޭޝަން އެލަވަންސަށް 3،000ރ. އަދި ފުޑް އެލަވަންސް އަށް 1،800ރ. އާ އެކު މަދުވެގެން 16،980ރ. އެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކި އަންނަ ބުރާސްފަތި ދުވަހެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.