މާލެ ސިޓީ ކައުންސިލުން މަސައްކަތްތެރިކަމާއި ފަންނީ ތަމްރީނުގެ 50 ސްކޮލަޝިޕް ދެނީ

މި ދާއިރާތަކުން ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޕާކިސްތާނުގަ އެވެ. މި ސްކޮލަޝިޕްގެ ދަށުން މާލޭން ޕާކިސްތާނަށް ދަތުރުގެ ހަރަދާއި ހުރުމާއި ކެއުން އަދި ކޯސް ފީ ދައްކައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މާލެ ސިޓީ ކައުންސިލުގެ މެންބަރުން -- ފޮޓޯ: ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން މަސައްކަތްތެރިކަމާއި ފަންނީ ތަމްރީނުގެ 50 ސްކޮލަޝިޕަށް ހުޅުވާލައިފި އެވެ.

ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ސްޓްރޯންގް ސިޓީޒް ނެޓްވޯކްގެ އޭޝިއާ ޕެސިފިކް ރީޖަނުން އެ ކައުންސިލަށް، މަސައްކަތްތެރިކަމާއި ފަންނީ ތަމްރީނުގެ 50 ސްކޮލަޝިޕްގެ ފުރުސަތު ހަ ދާއިރާއަކުން ލިބިފައިވާ ކަމަށެވެ.

އެ ދާއިރާތަކަކީ؛

  • 1.ސިއްހަތާއި އިޖުތިމާއީ ދާއިރާ
  • 2.އިމާރާތް ކުރުމާއި އިންޖިނިއަރިން
  • 3.ތައުލީމީ ދާއިރާ
  • 4.އައިޓީ އަދި ޑިޖިޓަލް ދާއިރާ
  • 5.ރީޓެއިލް، ހޮސްޕިޓާލިޓީ އަދި ކަސްޓަމާ ސާވިސް
  • 6.ދަނޑުވެރިކަން

މި ދާއިރާތަކުން ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޕާކިސްތާނުގަ އެވެ. މި ސްކޮލަޝިޕްގެ ދަށުން މާލޭން ޕާކިސްތާނަށް ދަތުރުގެ ހަރަދާއި ހުރުމާއި ކެއުން އަދި ކޯސް ފީ ދައްކައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ކޯސްތައް ކުރިއަށް ދާނީ ގާތްގަނޑަކަށް ހަ މަސް ދުވަހު އެވެ.

މި ކޯސްތަކުގައި ބައިވެރިވެވޭނެ ޝަރުތުތަކުގެ ތެރޭގައި؛

  •  މާލެ ސިޓީގެ ރަށްވެއްސަކަށް ވުން
  •  އުމުރުން 18 އަހަރާއި 35 އަހަރުގެ ޒުވާނުން ( އުމުރު ކަލްކިޔުލޭޓް ކުރުމުގައި ބަލާނީ 1 އެޕްރީލް 2025)
  •  ގްރޭޑް 10 އާއި ހަމައަށް ތައުލީމް ޙާސިލުކޮށްފައިވުން
  •  އިގިރޭސި ބަހުން އާންމު ލިޔެކިއުމާއި، ވާހަކަދެއްކުމާއި ދޭހަވުމުގެ ހުނަރުތައް ލިބިފައިވުން

ސިޓީ ކައުންސިލުން ބުނީ މި ކޯސްތަކަށް އެޕްލައި ކުރާނީ އޮންލައިން އެޕްލިކޭޝަން ފޯމެއް މެދުވެރިކޮށް ކަމަށެވެ. މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.