ތަފާސް ހިސާބުތައް ދައްކާ ގޮތުން އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ އިން 40 ޕަސެންޓުގެ ބޮޑު ކުރިއެެރުމެއް މިދިޔަ އަހަރާ އަޅާބަލާއިރު އައިސްފައިވެ އެވެ.
މިދިޔަ އަހަރުގެ މިހާތަނަށް އެންމެ މުހިންމު އެއް މާކެޓް ކަމަށްވާ ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު 40 ޕަސެންޓުގެ ބޮޑު ކުރިއެރުމެއް ފެންނަން ފަށައިފި އެވެ.
ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 10 ގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާއިން 40 ޕަސެންޓުގެ ބޮޑު ކުރިއެރުމެއް މިދިޔަ އަހަރާ އަޅާބަލާއިރު އައިސްފައިވެ އެވެ. މި އަހަރުގެ މިހާތަނަށް ޗައިނާ އިން 81,001 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރު އައިސްފައިވަނީ 57,389 ޓޫރިސްޓުންނެވެ.
ރާއްޖެއަށް ދެން އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމު ކަމަށްވާ ރަޝިއާ އިން މި އަހަރުގެ މިހާތަނަށް 76,243 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 46,348 ޓޫރިސްޓުންނެވެ. މިިއީ 60 ޕަސެންޓުގެ ބޮޑު އިތުރުވުމެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 736,775 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައި 693,869 ޓޫރިސްޓުންނާ އަޅާބަލާއިރު 6.2 ޕަސެންޓުގެ އިތުރުވުމެކެވެ.
ނޯޓް : މި ހަބަރު ލިޔުމުގައި އިންޑިއާއިން އައި ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވާ ކަމަށް ބުނެފައިވަނީ އޮޅުމަކުންނެވެ. އެކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.