އަމާޒަކީ ހުޅުމާލޭ 2 ގައި ހުރި ވަގުތީ މިސްކިތްތައް މިއަހަރު ނިމުމަކަށް ގެނައުން: މިނިސްޓަރު

މިނިސްޓަރު ޝަހީމް ވިދާޅުވިގޮތުގައި މި މަހުގެ ފަހުކޮޅު ވެސް ދާއިމީ ތިން ބުރީގެ މިސްކިތެއް ހިޔާ ޓަވަރުތައް ކައިރީ ހުޅުވާނެ އެވެ.

ހިޔާ އަވަށުގައި ހުންނަ ވަގުތީ މިސްކިތެއް --

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަހަރުގެ ތެރޭގައި ދާއިމީ މިސްކިތްތައް ހުޅުވިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭނުން ކުރަމުން ދަނީ ވަގުތީ މިސްކިތްތަކެވެ. ނަމަވެސް ވަގުތީ މިސްކިތްތައް މިއަހަރު އުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވިގޮތުގައި މި މަހުގެ ފަހުކޮޅު ވެސް ދާއިމީ ތިން ބުރީގެ މިސްކިތެއް ހިޔާ ޓަވަރުތައް ކައިރީ ހުޅުވާނެ އެވެ.

"އަމާޒަކީ މިއަހަރުގެ ނިޔަލަށް ވަގުތީ ހުރިހައި މިސްކިތްތައް ނިމުމަކަށް ގެނައުން،" މިނިސްޓަރު ވިދާޅުވި އެވެ.

ހިޔާ އަވަށުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާއިރު، މިސްކިތުގެ ޖާގައިގެ ދަތިކަމުގެ ޝަކުވާ ވަރަށް ބޮޑެވެ. ވަގުތީ މިސްކިތްތަކުގައި މަގުމަތީގައި ވެސް ގިނަ ބަޔަކު ނަމާދު ކުރެ އެވެ. މިކަންކަމަށް މިއަހަރުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އެ އަވަށުގައި ހުންނަނީ ދާއިމީ އެންމެ މިސްކިތެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.