ސަމާލު ކަމަށް | މާދަމާ ދެވަނަ ފިޔަވަހީގައި ކަރަންޓުގެ ބޮޑު މަސައްކަތެއް

ވަގުތީ ގޮތުން ކަރަންޓް ކަނޑާނީ އެމްއޭސީއެލް އާއި ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީ އާއި އެސްޓީއޯ ޓަވަރުތައް އަދި ހޯކްސް ޕެޓްރޯލް ޝެޑުން ސަރަހައްދުންނެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހި މާދަމާ ކަރަންޓުގެ ބޮޑު މަސައްކަތެއް ކުރާނެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކަރަންޓުގެ ބޮޑު މަސައްކަތެއް ކުރަން މާދަމާ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ. 

ސްޓެލްކޯ އިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަން ޖެހޭ އެމަޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށް ޓަކައި މާދަމާ ހެނދުނު 9:30 އިން 10:30 އަށް އެމްއޭސީއެލް އާއި ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީ އާއި އެސްޓީއޯ ޓަވަރުތައް އަދި ހޯކްސް ޕެޓްރޯލް ޝެޑުން ކަރަންޓުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ކުންފުނިން ބުނީ މި ގަޑިތައް މިގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށެވެ.

ސްޓެލްކޯއިން ބުނީ މި މަސައްކަތަކީ ހިދުމަތް މެދުނުކެނޑި އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

"މިފަދަ ޙާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ކަރަންޓު ކަނޑާލަންޖެހުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މައާފަށް އެދެން،: ސްޓެލްކޯއިން ބުނެފި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.