މި މިސްކިތް އިމާރާތް ކުރަނީ ހުޅުމާލެ ފޭސް 2 ލޮޓު 22386 ގަ އެވެ. މިއީ 2500 – 3000 މީހުންގެ ޖާގައިގެ މިސްކިތެއްނެވެ. މިސްކިތް އިމާރާތް ކުރަނީ 18720.79 އަކަފޫޓުގެ ބިމެއްގަ އެވެ.
ހުޅުމާލެ ހިޔާ އަވަަށް ފޭސް ދޭއްގައި އިތުރު މިސްކިތެއް އިމާރާތްކުރަން އެޗްޑީސީއިން އިސްލާމިކް މިނިސްޓްރީއަށް ބިން ހަވާލުކޮށްފި އެވެ.
އެޗްޑީސީ އިން ބުނީ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރަނީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޚަރަދުކޮށްގެން، ކޮންޓްރެކްޓަރެއް ހަމަޖައްސާނީ ވެސް އެ ފަރާތުންނެވެ.
މި މިސްކިތް އިމާރާތް ކުރަނީ ހުޅުމާލެ ފޭސް 2 ލޮޓު 22386 ގަ އެވެ. މިއީ 2500 – 3000 މީހުންގެ ޖާގައިގެ މިސްކިތެއްނެވެ. މިސްކިތް އިމާރާތް ކުރަނީ 18720.79 އަކަފޫޓުގެ ބިމެއްގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ބިން ހަވާލުކުރާ ތާރީޚުން ފެށިގެން 24 މަސް ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމަން ހަމަޖެހފައިވެ އެވެ
މި މިސްކިތްތަށް ނިމޭއިރު، ސޯލާ އާއި އޭސީ ހުންނާނެ އެވެ. އަދި މި މިސްކިތްތަށް ޑިޒައިން ކުރެވިފައިވާނީ ކޮންމެ މިސްކިތެއްގައި ވެސް ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީ ހިމެނޭ ގޮތަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިހާރު ހުޅުމާލޭގައި އަޅަމުންދާ ދާއިމީ މިސްކިތަކުގެ ތެރެއިން ބައެއް މިސްކިތް މިއަހަރު ނިމޭނެ ކަމަށެވެ.