ސަފީރު ވިދާޅުވި ގޮތުގައި، ކުރުސީގެ ނަމުގައި އެކްސްގައި އެކައުންޓު ހިންގަނީ ކާކު ކަން ރަޝިޔާއަށް ސިއްރުވެފައިނުވާ ކަމަށެވެ.
ރާއްޖެ އާއި ރަޝިޔާ އާ ދެމެދު އޮތް ރަހުމަތްތެރި ގުޅުން ހީނަރުވާ ގޮތަށް ސާބިތު ނުހިފޭ ދޮގު ވާހަކަތައް އެކްސްގައި ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކައުންޓުން ފަތުރާތީ ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވައި، އެ އެކައުންޓު ހިންގާ މީހާ އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެއްޖެ އެވެ.
ސަފީރުގެ ހިތްހަމަނުޖެހުން ބަންޑުންވީ، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް، ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް ކޮމްޕިއުޓަރު ޗިޕު އެތެރެކުރާ ކަމުގެ ތުހުމަތު ކުރުސީގެ އެކައުންޓުގައި ކުރުމުންނެވެ.
އެ ތުހުމަތުތައް ދޮގުކުރައްވައި، ސަފީރު ލިވަން އެސް ޖަގަރްޔަން ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ހަގީގަތާ ހިލާފަށް ރާއްޖެ އާއި ރަޝިޔާ އާ ދެމެދު އޮތް ގާތް ގުޅުން ހީނަރުކުރުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ކަމަށެވެ.
އަދި އެމެރިކާ އާއެކު ގުޅުން ރަނގަޅުކުރުމަށް ރަޝިޔާ އިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، މިފަދަ ސާބިތުނުހިފޭ ދޮގު ވާހަކަތަކުގެ ސަބަބުން އެކަމަށް ވެސް ހުރަސްއެޅޭ ކަމަށް ސަފީރު ވިދާޅުވި އެވެ.
ސަފީރު ވިދާޅުވި ގޮތުގައި، ކުރުސީގެ ނަމުގައި އެކްސްގައި އެކައުންޓު ހިންގަނީ ކާކު ކަން ރަޝިޔާއަށް ސިއްރުވެފައިނުވާ ކަމަށެވެ.
"މި އެކައުންޓު ހިންގަނީ މިވަގުތު ޔޫރަޕުގެ ގައުމެއްގައި ހުރި ރާއްޖޭގެ ކުރީގެ ސިޔާސީ މީހެއްކަން ރަޝިޔާގެ ލީޑަޝިޕަށް އެނގޭ،" ސަފީރު ވިދާޅުވި އެވެ.
އެންމެ މޮޅު ހެކަރުން ތިބޭނީ ރަޝިއާގަ ކޮން ކުރުން ސޮރެއް