ކުށެއް ކުރިޔަސް ޖިސްމާނީ އަނިޔާ ދީ، އިންސާނީ ކަރާމާތަށް އަރައިނުގަންނަން އެދިއްޖެ

މީހުންނަށް ޖިސްމާނީ އަނިޔާދީ، އިންސާނީ ކަރާމާތަށް އަރައިގަންނަ ވީޑިއޯތައް މި ފަހަކަށް އައިސް އާންމުވަމުންދާތީ، އެފަދަ އަމަލުތައް ނުހިންގުމަށް އެޗްއާރުސީއެމުން ނަސޭހަތްތެރިވެއްޖެ އެވެ.

ކ. މާފުށީގައި ވައްކަމުގެ ތުހުމަތުގައި މީހެއްގެ ބޮލަށް ކުލަ ފާޓާއެއް އަޅާފައި. --ފޮޓޯ: މިހާރު

މީހުންނަށް ޖިސްމާނީ އަނިޔާދީ، އިންސާނީ ކަރާމާތަށް އަރައިގަންނަ ވީޑިއޯތައް މި ފަހަކަށް އައިސް އާންމުވަމުންދާތީ، އެފަދަ އަމަލުތައް ނުހިންގުމަށް އެޗްއާރުސީއެމުން ނަސޭހަތްތެރިވެއްޖެ އެވެ.

އެޗްއާރުސީއެމުން މިހެން ބުނެފައިވަނީ، ކ. މާފުށީގައި ފިހާރައަކުން ވައްކަން ކުރި ކަމުގެ ތުހުމަތުކޮށް، މީހަކު ހިފަހައްޓައި، އޭނާގެ ބޮލަށް ކުލަ ފާޓާއެއް އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވަނިކޮށެވެ.

އެކަމާ ގުޅިގެން، އެޗްއާރުސީއެމުން ކުރި ޕޯސްޓެއްގައި ބުނީ، މީހުންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރާ ނާތަހުޒީބު އަމަލުތައް ފެންނަ ވީޑިއޯތައް އާންމުނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

"މިފަދަ ހާލަތްތަކުގައި އެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލްގެ ތެރެއިން، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން އެދެމެވެ. އަދި މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ވެސް ވީހާ އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލަމެވެ،" އެ ކޮމިޝަނުން ބުންޏެވެ.

މީގެއިތުރުން، އެޗްއާރުސީއެމުން ވަނީ އެއްވެސް މީހަކު އަނެކާގެ އިންސާނީ ހައްގާއި އިންސާނީ ކަރާމާތަށް އަރައިނުގަތުމަށާއި، ޖިނާއީ މައްސަލަތަކާއި މަދަނީ ނުވަތަ އެ ނޫންވެސް މައްސަލަތަކުގައި ސުލްހަމަސަލަސްކަން އިސްކުރުމާއި ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އިލްތިމާސްކޮށްފަ އެވެ.

މީގެކުރިން ވެސް، ވައްކަން ކުރި ކަމުގެ ތުހުމަތުކުރެވޭ މީހުން ހިފަހައްޓައި، ކަޅު ތެޔޮ ހޭކުމާއި، އަނިޔާކުރާ މަންޒަރުތައް ފެންނަ ވީޑިއޯތައް އާންމުކޮށް، ދައުރުކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.