"އިޒްރޭލު ޕާސްޕޯޓް މަނާކުރަން ފާސްކުރީ މަގުސަދު ގެއްލޭ ގޮތަށް"

"ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވާން އެބަ ޖެހޭ މިއީ ހެޔޮ ނިޔަތެއްގައި ސަރުކާރަކުން ކުރި ކަމެއް ނޫންކަން. އަދި މިކަމުން، މި ޕްރެޝަރުން ނެއްޓެން ވެގެން ކުރެއްވި ކަމެއްކަން،" މީކާއިލް ވިދާޅުވި އެވެ.

އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުން ކުރިން ބޭއްވި ބައްދަލުވުން، ފޮޓޯ: މަޖިލިސް

ގިނަ ދުވަސްތަކެއް ވާންދެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) ގައި އިޒްރޭލު ޕާސްޕޯޓް މަނާ ކުރާ ބިލު ބޭއްވުމަށްފަހު، ފާސްކޮށްފައި ވަނީ ބިލު ހުށަހެޅި މަގުސަދު ގެއްލޭ ގޮތަށް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ބުނެފި އެވެ.

އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމަށް މިދިޔަ އަހަރުގެ މޭ މަސް ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމެވެ. އޭނާ ވަނީ އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހަޅުއްވާފަ އެވެ.

އެ ބިލު 308 ދުވަސް ފަހުން މިއަދު މަޖިލީހުން ފާސްކޮށްފައި ވަނީ ޑުއަލް ސިޓިޒެންޝިޕް އޮންނަ އިޒްރޭލު މީހުންނަށް ރާއްޖެ އެތެރެވެވޭ ގޮތަށް ބަދަލު ކުރުމަށްފަހު އެވެ. އެގޮތަށް ނިންމީ އިމިގްރޭޝަނުން ހުށަހެޅުމުންނެވެ.

މިކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީ މެންބަރުން ވަނީ ބިލަށް ބަހުސް ކުރެއްވިއިރު ވެސް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ނަމަވެސް ވޯޓުގައި ބައިވެރިވެ، ބިލާ އެއްކޮޅަށް ވޯޓުވެސް ދެއްވި އެވެ.

"މި ބިލަކީ އަޅުގަނޑުމެން ހުށަހެޅި ބިލެއް ކަމުން އަދި މި ބިލުގެ މަގުސަދާ މެދުވެސް ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދާތީ އަޅުގަނޑުމެން މި ބިލަށް ވޯޓުވެސް ދިނިން އަދި [ވޯޓުގައި] ބައިވެރިވީ ވެސް،" ކަންބޮޑުވުންތަކާއެކު ވެސް ބިލަށް ވޯޓު ދެއްވި ސަބަބު ސާފުކޮށްދެއްވަމުން މީކާއިލް ވިދާޅުވި އެވެ.

މިއަދުގެ މަޖިލީސް ޖަލްސާއަށްފަހު އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީކާއިލް ވިދާޅުވީ ޑުއަލް ސިޓިޒެންޝިޕް އޮތް ފަރާތްތައް ކަށަވަރު ކުރެވޭނެ ގޮތެއް އިމިގްރޭޝަންގައި ނެތް ކަމަށް އެ އިދާރާއިން ބުނުމަކީ "ޖޯކެއް" ކަމަށެވެ. އޭނާ ވިދާޅުވީ ގައުމަށް އެތެރެވާއިރު ދޭ އެންޓްރީ ކާޑުގައި ޑުއަލް ޕާސްޕޯޓް ހޯލްޑަރެއްތޯ ހާމަކުރަން ބައެއް ގައުމުތަކުން އެދޭ ކަމަށެވެ. އެގޮތަށް ރާއްޖެއިން ކަން ނުކުރެވެންވީ ކީއްވެގެންތޯ ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެއީ އިޒްރޭލީ ޑިފެންސް ފޯސަސްގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އަސްކަރިއްޔާގެ އިސްވެރިންނާ އަދި ހުދު ނަތަންޔާހޫއަށް ވެސް އެހެން ގައުމެއްގެ ޕާސްޕޯޓު ހޯދާލައިގެން ރާއްޖެ އެތެރެވުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވިފަ،" މީކާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ އެއްގޮތަކަށް ވެސް ސަރުކާރުން ހެޔޮ ނިޔަތެއްގައި ކުރި ކަމެއް ނޫން ކަމަށެވެ.

"ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވާން އެބަ ޖެހޭ މިއީ ހެޔޮ ނިޔަތެއްގައި ސަރުކާރަކުން ކުރި ކަމެއް ނޫންކަން. އަދި މިކަމުން، މި ޕްރެޝަރުން ނެއްޓެން ވެގެން ކުރެއްވި ކަމެއްކަން،" މީކާއިލް ވިދާޅުވި އެވެ.

މި ބިލާ ގުޅޭ ގޮތުން އިމިގްރޭޝަނުން ކޮމެޓީއަށް ހުށަހެޅި ހުށަހެޅުމުގައި ބުނެފައި ވަނީ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންގެ ޕާސްޕޯޓް މަނާ ކުރުމަކީ އެ އިދާރާއަށް ތަންފީޒު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ޑުއަލް ސިޓިޒެންޝިޕް ލިބިފައިވާ ފަރާތެއްކަން ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް އެ އިދާރާގައި ނެތްކަން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.