ހަމަލާތައް ހުއްޓާލަންދެން އިޒްރޭލު ޕާސްޕޯޓް މަނާކުރަން މަޖިލީހުން ފާސްކޮށްފި

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) ގެނައި ބަދަލުތަކާއެކު މި ބިލު މިއަދު މަޖިލީހުގެ ތަޅުމުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ --

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމަށް މިދިޔަ އަހަރުގެ މޭ މަސް ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމެވެ. އޭނާ ވަނީ އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހަޅުއްވާފަ އެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) ގެނައި ބަދަލުތަކާއެކު މި ބިލު މިއަދު މަޖިލީހުގެ ތަޅުމުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ކޮމެޓީން ގެނައި ބަދަލުތަކާމެދު އިދިކޮޅު އެމްޑީޕީން ދެކޮޅު ހެދި ނަމަވެސް، ބިލަށް ވަނީ ވޯޓު ދީފަ އެވެ.

ކޮމެޓީން އިއްޔެ ފާސްކޮށްފައި ވަނީ އޮކްޓޯބަރު 07، 2023 އިން ފެށިގެން އިރޭލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތައް މެދުކެނޑެންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުމަކީ މަނާ ކަމެއް ކަމަށް އެ ގާނޫނުގެ އަށްވަނަ މާއްދާއަށް އަކުރެއް އިތުރު ކުރުމަށެވެ.

މީކާއިލް ހުށަހެޅުއްވި ބިލުގައި، ޑުއަލް ސިޓިޒެންޝިޕް ގެންގުޅޭ އިޒްރޭލު މީހުންނަށް ވެސް ރާއްޖެ ނާދެވޭނެހެން ޕާސްޕޯޓު މަނާ ކުރުމަށް އޮތް ބައި ވަނީ އުނިކޮށްފަ އެވެ. އެގޮތަށް އުނިކޮށްފައި ވަނީ އިމިގްރޭޝަނުން އެދުމުންނެވެ.

މި ބިލާ ގުޅޭ ގޮތުން އިމިގްރޭޝަނުން ހުށަހެޅި ހުށަހެޅުމުގައި ބުނެފައި ވަނީ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންގެ ޕާސްޕޯޓް މަނާ ކުރުމަކީ އެ އިދާރާއަށް ތަންފީޒު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ޑުއަލް ސިޓިޒެންޝިޕް ލިބިފައިވާ ފަރާތެއްކަން ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް އެ އިދާރާގައި ނެތްކަން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.