ތުރުކީވިލާތުގައި ފުރަތަމަ ފަހަރަށް ދިވެހި އެމްބަސީއެއް ހުޅުވައިފި

އަދި މި އެމްބަސީ ވެގެންދާނީ ދެ ގައުމުގެ ދެމެދުގައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގޮތުން ގުޅުން ހަރުދަނާކުރުމަށް އިތުރު ފުރުސަތުތައް ހޯދުމުގެ ޕްލެޓްފޯމެއްގެ ގޮތުގައި ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

ތުރުކީގައި ގާއިމްކުރި ދިވެހި އެމްބަސީ އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ތުރުކީގައި އަލަށް ގާއިމުކުރެވުނު ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް މިއަދު އިފްތިތާހު ކޮށްފި އެވެ.

ތާރީހުގައި މުޅިން އަލަށް ތުރުކީ ވިލާތުގައި ގާއިމްކުރި ދިވެހި އެމްބަސީ އިފްތިތާހު ކޮށްދެއްވީ ފޮރެން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އާއި ތުރުކީގެ ކަލްޗާ އެންޑް ޓޫރިޒަމް މިނިސްޓަރު މެހްމެތް ނޫރީ އެރްސޮއި އަދިރާއްޖެއިން ތުރުކީ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އަބްދުއްލަތީފް އިސްވެ ތިއްބަވައިގެންނެވެ.

ފޮރެން މިނިސްޓްރީ އިން ބުނީ ތުރުކީގައިރާއްޖޭގެ އެމްބަސީއެއް ގާއިމުވެގެން ދިއުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ތާރީހީ ކާމިޔާބީއެއް ކަމަށެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމަށާއި، އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލާ ހިދުމަތް ފޯރުކޮށްދިނުމުގައި އެމްބަސީގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އަދި މި އެމްބަސީ ވެގެންދާނީ ދެ ގައުމުގެ ދެމެދުގައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގޮތުން ގުޅުން ހަރުދަނާކުރުމަށް އިތުރު ފުރުސަތުތައް ހޯދުމުގެ ޕްލެޓްފޯމެއްގެ ގޮތުގައި ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، އިގްތިސޯދީ ކުރިއެރުމާއި، ދިވެހި ސަގާފަތް ކުރިއެރުވުމަށް އަދި ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އެކުވެރިކަން އާލާކުރުމުގައި އެމްބަސީގެ ދައުރު ނުހަނު ބޮޑު ކަމަށެވެ. އަދި ތުރުކީގައި ދިރިއުޅޭ ދިވެހިންނާ ގާތުން ކޮންސިއުލާ ހިދުމަތް ފޯރުކޮށްދިނުމުގައި ވެސް އެމްބަސީ އެއް ހުރުން ވަރަށް މުހިންމުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެމްބަސީ އިފްތިތާހު ކުރުމުން ތުރުކީގައި ދިރިއުޅޭ އަދި އެކި ބޭނުންތަކުގައި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހި ރައްޔިތުންނަށް ދިމާވާ އެކި ކަހަލަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމުގެ މަސައްކަތްތައް ފުރިހަމަ ކަމާއެކީ ކުރެވިގެންދާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.