މި ކެމްޕޭން ކުރިއަށް ގެންދަނީ ލިވަޕޫލްއާއި އެމްއެމްޕީއާރުސީ ގުޅިގެންނެވެ. މި ކެމްޕޭންގެ ދަށުން ދިވެހި ސަޕޯޓަރުންނަށްވެސް ޓިކެޓު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
އެލްއެފްސީ އާއި ޓޮޓެންހަމް ބައްދަލުކުރާ މެޗުގެ ޓިކެޓް ހޯދުމަށް ގްލޯބަލް އަދި ދިވެހި ސަޕޯޓަރުންނަށް ވިޒިޓް މޯލްޑިވްސް އާއި ލިވަޕޫލް އެފްސީން މުބާރާތް ތަކެއް ފަށައިފި އެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އާއި އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އެފްސީ އާއި ޓޮޓެންހަމް ހޮޓްސްޕާސް މި މަހުގެ 27 ވަނަ ދުވަހު ބައްދަލުކުރާ މެޗުގެ ދެ ޓިކެޓް ހޯދުމުގެ ފުރުސަތު ލިވަޕޫލް އެފްސީގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރު ވިޒިޓް މޯލްޑިވްސް އަދި ލިވަޕޫލް އެފްސީ އިން ވަނީ ދެ މުބާރާތެއް މެދުވެރިކޮށް ހުޅުވާލައިފަ އެވެ.
ގްލޯބަލް ސަޕޯޓަރުންނަށް ހާއްސަކޮށްގެން ބާއްވާ ފުރަތަމަ މުބާރާތަކީ މައިއެލްއެފްސީ ފޭން އެޕް މެދުވެރިކޮށް ބާއްވާ މުބާރާތެކެވެ. މި މުބާރާތަށް ވަނުމުގެ ފުރުސަތު ހުޅުވާލުމަށް ވިޒިޓް މޯލްޑިވްސް އިންސްޓަގްރާމް ޕޭޖަށް ޒިޔާރަތްކޮށް ބައިވެރިންނަށް ވަދެވޭނެ އެވެ. އަންލޮކް ކުރުމުން ކަސްޓަމަރުންނަށް 100 ޕޮއިންޓް ލިބިގެން އިނާމު ލިބޭ ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ. މުބާރާތް ނިމޭނީ 18 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައެވެ. އެންޓްރީ ވުމަށް ހިލޭ ވަނުމުގެ ފުރުސަތު ހިމެނޭ ގޮތަށް ފުރިހަމަ ޝަރުތުތައް ފުރިހަމަ ވެގެންނެވެ.
ދިވެހި ސަޕޯޓަރުން އިތުރަށް ބައިވެރިކުރުމުގެ ގޮތުން ވިޒިޓް މޯލްޑިވްސް އިން ދަނީ ދިވެހިންނަށް ހާއްސަކޮށްގެން "ޝޯ ޔޯ ރެޑްސް" ފޮޓޯ މުބާރާތް ވެސް ކުރިއަށް ގެންދަމުންނެވެ.
މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ލިވަޕޫލް އެފްސީއަށް އޮތް ލޯބި ދައްކުވައިދޭ ފޮޓޯއެއް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓްވިޓާގައި ޕޯސްޓް ކުރުމަށް ސަޕޯޓަރުންނަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. އޭގެ ތެރޭގައި ލިވަޕޫލް އެފްސީ ގިއާ ފަދަ ޖާޒީ ނުވަތަ ސްކާފް، ފޭން މޭކަޕް ނުވަތަ ފޭސް ޕެއިންޓް ނުވަތަ ދިދަ އާއި ޕޯސްޓަރު ފަދަ އެއްޗެހި ހިމެނިދާނެއެވެ. އަދި ބައިވެރިން #ShowYourRedsLocal ހޭޝްޓެގުން ޕޯސްޓްތައް ޓެގްކޮށް، ކަމާ ގުޅޭ ޕޭޖް ނުވަތަ އެކައުންޓް ޓެގް ކުރަން ޖެހެއެވެ. ލިވަޕޫލް އެފްސީގެ މާނަ ސަޕޯޓަރުންނަށް ދޭހަވާ އޮޕްޝަނަލް ކެޕްޝަނެެއް ވެސް ބޭނުންކުރެވިދާނެއެވެ.
ދިވެހީންގެ ތެރެއިން މިކަމަށް ޝަރުތު ހަމަވާނީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކެވެ. އަދި ލިވަޕޫލް އެފްސީގެ އޮފިޝަލް ފޭން ޕޭޖާއި ވިޒިޓް މޯލްޑިވްސް ވެސް ސޯޝަލްމީޑިއާގައި ފޮލޯކުރަންޖެހެއެވެ. ނަސީބުވެރިން ހޮވާނީ އުފެއްދުންތެރިކަމާއި, ފޮޓޯ ކޮލިޓީ އަދި ކޮމިއުނިޓީ އެންގޭޖްމަންޓަށް އަށް ބެލުމަށްފަހުއެވެ. ގްރޭންޑް ޕްރައިޒްގެ ތެރޭގައި އެލްއެފްސީ އާއި ޓޮޓެންހަމް ބައްދަލުކުރާ މެޗުގެ ދެ ޓިކެޓާއި ލިވަޕޫލަށް އެނބުރި އަންނަ އެއާފެއާ ހިމެނެ އެވެ. އެކޮމޮޑޭޝަން ނުހިމަނައި ކުރިއަށްދާ މި މުބާރާތަކީ ޝަރުތުތަކަކާ އެކު ބާއްވާ މުބާރާތެކެވެ.
ލިވަޕޫލް އެފްސީއާ އެކު ގްލޯބަލް ޕާޓްނަޝިޕް އިއުލާން ކުރި ފަހުން ވިޒިޓް މޯލްޑިވްސް އިން ވަނީ ހަފުތާއެއްގެ ތެރޭގައި ސޯޝަލް މީޑިއާގެ 80 މިލިއަނަށް ވުރެ ގިނަ ރީޗް ލިބިފައެވެ. މައިއެލްއެފްސީ ފޭން އެޕް މެދުވެރިކޮށް 13 މާޗް 2025 ގައި ފެށި "ވިން އަ ހޮލިޑޭ ޓު މޯލްޑިވްސް" މުބާރާތަށް މިހާތަނަށް 50،000 އަށް ވުރެ ގިނަ އެންޓްރީ ލިބިފައިވާއިރު، އެ އެޕްލިކޭޝަންގެ އެންމެ ފުޅާކޮށް ހިނގި ކެމްޕެއިންތަކުގެ ތެރޭގައި މި ކެމްޕޭން ހިމެނެ އެވެ.
ވިޒިޓް މޯލްޑިވްސް އަށް Liverpoolfc.com އަދި އެލްއެފްސީ އެޕް މެދުވެރިކޮށް ފާހަގަކޮށްލެވޭ ޑިޖިޓަލް އެކްސްޕޯޒަރއެއް ލިބިގެންދާ އިރު، އޭގެ ތެރޭގައި ރޮޓޭޓިން ސްޓެޓިކް އިޝްތިހާރުތަކާއި ޑެސްޓިނޭޝަންގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖް އިޝްތިހާރުކުރުން ހިމެނެއެވެ. ލިވަޕޫލް އެފްސީ އަކީ ޕްރިމިއާ ލީގުގެ ބޮޑެތި ކްލަބްތަކުގެ ތެރޭގައި ހިމެނޭ ކްލަބަކަށް ވާއިރު، 1.5 ބިލިއަނަށް ވުރެ ގިނަ ސަޕޯޓަރުންގެ މެދުގައި މަޤްބޫލު ކްލަބެކެވެ. 200 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ލިވަޕޫލް އެފްސީ ގެ ސޯޝަލްމީޑިއާ ފޭންބޭސް ގައި ހިމެނޭއިރު, މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސެގްމަންޓްސް ބޭރު ދުނިޔެ އަށް ފުޅާކޮށް ފެނިގެންދާނެ އެވެ.
ކުރި މަގަށް ބަލާއިރު ވިޒިޓް މޯލްޑިވްސްގެ ވިސްނުން ހުރީ ލިވަޕޫލް އެފްސީގެ ކުޅުންތެރިންނާއި ލެޖެންޑުން ހިމެނޭ ވީޑިއޯ ޝޫޓްތަކާއި އިޝްތިހާރުތަކާ އެކު މި ގުޅުން އިތުރަށް ވަރުގަދަކުރުމަށެވެ. އެ އަށްފަހު އާ ސީޒަން ފެށުމާއެކު ކްލަބުގެ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ޓާގެޓެޑް ކެމްޕެއިންތަކާއި ފޭން އެކްޓިވޭޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ލަގްޒަރީ ސެގްމަންޓްސް އަށް ލިވަޕޫލް ސަޕޯޓަރުންގެ ޝައުގުވެރިކަން އިތުރުވެ، ކުޅިވަރާއި ދަތުރުފަތުރުގެ ޒަރިއްޔާއިން ތަފާތު ފުރުޞަތުތައް ތަނަވަސްވެގެންދާނެ އެވެ.