ޒަކާތު ފަންޑުން ދޭ 50 ސްކޮލަޝިޕަށް ހުޅުވާލައިފި

އަދި ސުޕަ ސްޕެޝަލައިޒޭޝަންގެ ޔޫރޮލޮޖީ / ޔޫރޮލޮޖިކަލް ސާޖަރީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީ ކޮންމެ ދާއިރާއަކުން ފުރުސަތަކަށް ވަނީ ހުޅުވާލާފަ އެވެ. މިއީ ހާއްސަ 13 ފުރުސަތުގެ ތެރެއިން ސްކޮލަޝިޕް ދޭ ދާއިރާތަކެވެ.

ޒަކާތު ފަންޑުން ސްކޮލަޝިޕް ދިނުމަށް ހުޅުވާލުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ޒަކާތު ފަންޑުން މަތީ ތައުލީމު ހާސިލުކުރުމަށް ދޭ 50 ސްކޮލަޝިޕް ފުރުސަތަށް ކުރިމަތި ލުމަށް މިއަދު ހުޅުވާލައިފި އެވެ.

މި 50 ފުރުސަތުގެ ތެރޭގައި ރާއްޖޭގައި ކިޔަވަން 20 ފުރުސަތު ހުޅުވާލެވުނުއިރު، ރާއްޖެއިން ބޭރުން 30 ފުރުސަތަކަށް ވަނީ ހުޅުވާލާފަ އެވެ. ރާއްޖެއިން ބޭރަށް ހުޅުވާލާފައިވާ 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތައުލީމު ހާސިލްކުރުމަށްދޭ ހާއްސަ ސްކޮލަޝިޕްގެ ފުރުސަތެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ ރާއްޖެއިން ފުރުސަތު ހުޅުވާލެވުނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މާސްޓާސް ޑިގްރީ ކޯސްތަކަށް ކަމަށެވެ. މި ޔުނިވާސިޓީތަކުން ސްކޮލަޝިޕްގައި މާސްޓާސް ހެދޭނެ ދާއިރާތަކަކީ؛

  •  މާސްޓާސް އޮފް އާޓްސް އިން ގުރުއާނިކް ސައިންސެސް – 6 ފުރުސަތު
  •  ​މާސްޓާސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑާޝިޕް އެންޑް އެޑްމިނިސްޓްރޭޝަން – 3 ފުރުސަތު
  •  ​އެގްޒެކެޓިޒް މާސްޓާސް އިން އިސްލާމިކް ފައިނޭންސް – 5 ފުރުސަތު
  •  ​މާސްޓާސް އޮފް އާޓްސް އިން ޝަރީއާ – 3 ފުރުސަތު
  •  ​މާސްޓާސް އޮފް އާޓްސް އިން އިސްލާމިކް ސްޓަޑީސް – 3 ފުރުސަތު

މިނިސްޓްރީ އިން ބުނީ ރާއްޖެއިން ބޭރުން ކިޔެވުމަށް 30 ފުރުސަތު ހުޅުވާލެވިފައިވަނީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރބިއްޔާ، މިސްރު އަދި ސާކް ގައުމުތަކުން ކަމަށެވެ. 

މެލޭޝިއާ އަދި ބުރުނާއީގައި ކިޔަވަން ސްކޮލަޝިޕް ދޭ ދާއިރާތަކަކީ؛

  •  ​ބެޗެލާސް އިން ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓް – 2 ފުރުސަތު
  •  މާސްޓަސް އޮފް ސައިންސް އިން އިސްލާމިކް ފައިނޭންސް – 2 ފުރުސަތު
  •  ​މާސްޓާސް އޮފް އެޑިއުކޭޝަން އިން ޓީޗިން އޮފް އިސްލާމިކް އެޑިއުކޭޝަން – 1 ފުރުސަތު
  •  ​މާސްޓާސް އޮފް ގުރުއާނިކް އެންޑް ސުންނަ ސްޓަޑީސް – 1 ފުރުސަތު
  •  ​މާސްޓާސް އޮފް އިސްލާމިކް ސައިންސް – 1 ފުރުސަތު
  •  ​ޑޮކްޓާ އޮފް ފިލޯސޮފީ އިން ޝަރީއާ އެންޑް ޖުޑިޝަރީ – 1 ފުރުސަތު
  •  ​ޑޮކްޓާ އޮފް ފިލޯސޮފީ އިން އިސްލާމިކް ސައިންސް – 1 ފުރުސަތު
  •  ​ޑޮކްޓާ އޮފް ފިލޯސޮފީ ދައުވާ އެންޑް އިސްލާމިކް މެނޭޖްމަންޓް – 1 ފުރުސަތު
  •  ​ޑޮކްޓާ އޮފް ފިލޯސޮފީ އިން ގުރުއާނިކް އެންޑް ސުންނަ ސްޓަޑީސް – 1 ފުރުސަތު
  •  ​ޑޮކްޓާ އޮފް ފިލޯސޮފީ އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް – 2 ފުރުސަތު
  •  ​ޑޮކްޓާ އޮފް ފިލޯސޮފީ އިން ޝަރީއާ އެންޑް ލޯ – 2 ފުރުސަތު
  •  ​މާސްޓާސް: އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް – 1 ފުރުސަތު
  •  ​ޕީއެޗްޑީ: އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް – 1 ފުރުސަތު

ޝަރީއާ، އަލްގަޟާ، ތަފްސީރު، ހަދީޘް، އުލޫމުލް ގުރުއާން، އަރަބި، އުސޫލުއްދީން، އިސްލާމީ މާއްދާތައް ހިމެނޭހެން ކިޔަވާ އެހެނިހެން ދާއިރާތަކުން ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް، އެ ދަރިވަރަކު ތައުލީމު ހާސިލްކުރަމުންދާ މަރުކަޒުންދޭ ހަރަދުތައް ފިޔަވައި އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް (ސްޓައިޕްންޑް) 10 ފުރުސަތު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

އަދި ސުޕަ ސްޕެޝަލައިޒޭޝަންގެ ޔޫރޮލޮޖީ / ޔޫރޮލޮޖިކަލް ސާޖަރީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީ ކޮންމެ ދާއިރާއަކުން ފުރުސަތަކަށް ވަނީ ހުޅުވާލާފަ އެވެ. މިއީ ހާއްސަ 13 ފުރުސަތުގެ ތެރެއިން ސްކޮލަޝިޕް ދޭ ދާއިރާތަކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.