"ސުލޫކީ ކޮމިޓީން ބަލަމުންދާ މައްސަލައަކީ ޖިންސީ ފުރައްސާރަކުރުމާއި، މި އޮފީހުން ގަބޫލުކޮށް ހިފަހައްޓަމުންދާ އަހުލާގީ މިންގަނޑާ ހިލާފުވުމުގެ މައްސަލައެއް،" ޕީޖީ އޮފީހުން ބުންޏެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ދެ ވަކީލުންނަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލަން ފަށައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ގޮތުގެ ގަވާއިދުގެ ދަށުން، ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރާ ދެ ޕްރޮސެކިއުޓަރުން މައްސަލަ ބަލައި ނިމެންދެން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
މި މައްސަލަ އެ އޮފީހުގެ ސުލޫކީ ކޮމެޓީ އިން ބަލަމުންދާއިރު، ފުލުހުން ވެސް މިހާރު ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
"ސުލޫކީ ކޮމިޓީން ބަލަމުންދާ މައްސަލައަކީ ޖިންސީ ފުރައްސާރަކުރުމާއި، މި އޮފީހުން ގަބޫލުކޮށް ހިފަހައްޓަމުންދާ އަހުލާގީ މިންގަނޑާ ހިލާފުވުމުގެ މައްސަލައެއް،" ޕީޖީ އޮފީހުން ބުންޏެވެ.
މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން އަދި ބަހެއް ނުބުނެ އެވެ.