ހިޔާގެ ފުރަތަމަ ޓަވަރުގައި މި މަސައްކަތް ކުރާނީ މާދަމާ ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު އެވެ. ކަރަންޓް ކެނޑޭނީ 30 މިނެޓަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުއި ސްޓެލްކޯން ކަރަންޓުގެ ބޮޑު މަސައްކަތެއް ފަށާތީ މާދަމާ ބައެއް ގަޑިތަކުގައި ކަރަންޓް ކަނޑާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސްޓެލްކޯއިން ކަސްޓަމަރުންގެ ސަމާލުކަމަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި މި ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް ވަނީ ތާވަލު ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެކިދުވަސްތަކަށް ޓަވަރުތައް ބަހާލައިގެން މި މަސައްކަތް ކުުރުމަށް ހަމަޖެހިފައިވާއިރު، ހިޔާގެ ފުރަތަމަ ޓަވަރުގައި މި މަސައްކަތް ކުރުމަށްޓަކައި 13 އެޕްރީލް 2025 ވާ އާދީއްތަ ދުވަހު (މާދަމާ)ގެ ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު އެވެ.
" އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުންވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް. މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން،،" ސްޓެލްކޯއިން ބުނެފައިވެ އެވެ.
ހިޔާ ޓަވަރަކީ ގިނަ ބަޔަކު އުޅޭ ތަނެކެވެ. ނަމަވެސް މިތަން ތަރައްގީކޮށް ހަވާލު ކުރިއިރު ކަރަންޓުގެ ނިޒާމު އަޅާފައި ހުރި ގޮތުން އެތަނުގައި އުޅޭ މީހުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދޭން ސްޓެލްކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.