ހައްޔަރުގައި ހުއްޓައި ދަންޖެހުނީ މަސްތުގެ ހާލަތުގައި ހުރެގެން ގޭގެ މުދަލަށް ގެއްލުންދީ، ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން މިމަހުގެ ދެވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކުޅުދުއްފުށި ސިޓީ ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ހުއްޓައި ދަންޖެހުނު މީހާއަށް ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.
ހައްޔަރުގައި ހުއްޓައި ދަންޖެހުނީ މަސްތުގެ ހާލަތުގައި ހުރެގެން ގޭގެ މުދަލަށް ގެއްލުންދީ، ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން މިމަހުގެ ދެވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ މަރުވެފައި ވަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް، މިއަދު 15:30 ހާއިރު އެވެ.
މި ހާދިސާއާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއެކު، ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މި ހާދިސާގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ކުރިން ފުލުހުން ބުނެފައިވެ އެވެ.
އަދި، މި ހާދިސާގެ ތަހުގީގަށް މޭޖާ ކްރައިމް އިންވެސްޓިގޭޝަން ޓީމެއް ކުޅުދުއްފުށި ސިޓީއަށް ފޮނުވާފައިވެ އެވެ.
ފުލުހުން އިތުރަށް ބުނީ މިހާދިސާ ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ހާއްސަމަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމަށެވެ.
މީގެ ކުރިން، 2022 ވަނަ އަހަރުވެސް ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި މީހަކު އަމިއްލައަށް ވަނީ މަރުވެފަ އެވެ. އެއީ ހދ. ނޮޅިވަރަންގައި މަރުވެފައި / މަރައިލައިފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދު، 28، ގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާ، އަބޫބަކުރު ފައިސަލް އެވެ.