ކަނޑަށް ގެއްލުނު މުޝްފިގުގެ މައްޗަށް މާދަމާ ކަށުނަމާދު ކުރަނީ

މުޝްފިގުގެ އުފަން ރަށަ، ލ. މާވަށު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާދަމާ ހުކުރު ނަމާދުގެ ފަހުގައި އޭނާގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރާނެ ކަމަށެވެ.

ހޮޅުދޫ ބޯޓުން ގެއްލިގެން ހޯދާ އަލީ މުޝްފިގް -- ފޮޓޯ: ފޭސްބުކް

މިމަހުގެ ދެވަނަ ދުވަހުގެ ރޭ މާލެއަށް ދަތުރުކުރަމުން ދިޔަ ހޮޅުދޫ ބޯޓުގައި އަލިފާން ރޯވި ހާދިސާގައި ކަނޑަށް ގެއްލިގެން ހޯދަމުންދާ، 25 އަހަރުގެ މުޝްފިގް ޝަރީފްގެ މައްޗަށް ޣައިބުގައި މާދަމާ ކަށުނަމާދު ކުރަން ނިންމައިފި އެވެ.

ތ. ހިރިލަންދޫ އިން ފުރައިގެން ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓުގައި ރޯވީ ކަރަންޓު ޝޯޓެއް ވެގެންނެވެ. ބޯޓުގައި ރޯވުމުން ބޯޓުގައި ތިބި 18 މީހުން ކަނޑަށް ފުންމައިލީ އެވެ. އޭގެ ތެރެއިން 17 މީހުން ސަލާމަތްކޮށްފައިވާއިރު ގެއްލުނީ މުޝްފިގެވެ.

މުޝްފިގުގެ އުފަން ރަށަ، ލ. މާވަށު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާދަމާ ހުކުރު ނަމާދުގެ ފަހުގައި އޭނާގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރާނެ ކަމަށެވެ. 

ކަށުނަމާދު އޮންނާނީ އެރަށު ބިލާލް މިސްކިތުގަ އެވެ. ކަށުނަމާދުގައި އަންހެނުންނަށް ވެސް ކަށުނަމާދުގައި ބައިވެރިވެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާނެ ކަމަށް ވެސް ކައުންސިލްގެ އިއުލާނުގައި ބުނެފައިވެ އެވެ.

"ކަށުނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އަޅުގަނޑުމެންގެ އެދުމެެއް،" އެ އިއުލާނުގައިވެ އެވެ.

މުޝްފިގު ހޯދުމުގެ މަސައްކަތާ ގުޅޭ ގޮތުން އެންމެ ފަހުން އެމްއެންޑީއެފުން މިދިޔަ އަންގާރަ ދުވަހު ބުނެފައި ވަނީ މިހާރު ކުރިއަށް ދަނީ ސާފަސް ސާޗް އޮޕަރޭޝަނެއް ކަމަށެވެ.

މުޝްފިގު ހޯދުމަށް ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން ވަރަށް ބޮޑު ބައެއް ވަނީ ބަލާފަ އެވެ. އަދިވެސް އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.