ކުޑަހުވަދޫން ކުނި މެނޭޖް ކުރުމުގެ ކާމިޔާބު މަސައްކަތެއް

މި މަޝްރޫއު ފެށި ފަހުން ކުޑަހުވަދޫން މިހާތަނަށް 8.7 ޓަނުގެ ޕްލާސްޓިކް ކުނި ވަނީ ނަގާފަ އެވެ. މި މަޝްރޫއުގެ ލޮޖިސްޓިކް ޕާޓްނަރެއްގެ ހައިސިއްޔަތުން ކޮކާ-ކޯލާ މޯލްޑިވްސް އިން އަންނަނީ ކުޑަހުވަދޫން އެއްކުރާ ޕެޓް ފުޅިތައް މާލެއަށް ގެންދިއުމުގައި މޯޕާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ދ. ކުޑަހުވަދޫގެ ކުނި މެނޭޖް ކުރުމުގެ ޕްރޮގްރާމަކީ ނަމޫނާ މަސައްކަތެއް

ދ. ކުޑަހުވަދޫއަކީ ކުނި މެނޭޖް ކުރުމުގެ "ބޭނުން ކޮށްފައި އުކާލާ" ވިސްނުމުން ވަށައިޖެހޭ ނަމޫނާ ދައްކާ އަންނަ ރަށެކެވެ.

މޯޕާއިން ފެށި މޮޑެލް އައިލެންޑް ޕްރޮޖެކްޓްގެ ފުރަތަމަ ރަށަކަށް ކުޑަހުވަދޫ ވީ 2021 ވަނަ އަހަރު އެވެ. ކޮކާކޯލާ އާއި މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީއާ ގުޅިގެން މޯޕާ އިން ވަނީ، 'އޮން ދަ ގްރައުންޑް، އިން ދަ ސީ: ވޭސްޓް ސެގްރިގޭޝަން މޮޑެލް އައިލެންޑް ކުޑަހުވަދޫ' ގެ ނަމުގައި އެ ރަށުގައި ޕްރޮގްރާމެއް ފަށައިފަ އެވެ.

"އަޅުގަނޑުމެންގެ ރަށުގައި ތަންފީޒު ކުރަމުން ގެންދާ ކަންތައްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ރައްޔިތުންނަށް މި ރަށުގެ ތިމާވެއްޓާއި ވެށީ ބެލެހެއްޓުމުގެ އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެ. އަޅުގަނޑުމެންގެ ބައިވެރިންގެ ދީލަތި އެހީ އާއި އެއްބާރުލުމާ އެކު، މި މޮޑެލް އައިލެންޑް ސިސްޓަމް އަޅުގަނޑުމެން އިސްނަގައިގެން ކުރިއަށް ގެންދިޔަ ނަމަވެސް، އަޅުގަނޑުމެންގެ އުއްމީދަކީ، ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރުމަށް ވަށާޖެހޭ އިގްތިސާދީ ވިސްނުމަކުން އަޅުގަނޑުމެންގެ ރީތި މާހައުލު ހިމާޔަތް ކުރުމަށް ދ. އަތޮޅުގެ އެހެން ރަށްރަށުން ވެސް މި މަސައްކަތުގައި ބައިވެރިވުން،" ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފިކުރީ ވިދާޅުވި އެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން މޯޕާ އިން ވަނީ ކުޑަހުވަދޫ ކައުންސިލަށް ކުނި އަޅާނެ ވަށިގަނޑު ފޯރުކޮށްދީ މެނޭޖްކުރުމާއި ކުނި އުކާލުމުގެ ކުރިން ވަކިކުރުމާއި އަލުން ބޭނުން ކުރުމާ ގޮތުން މުޖުތަމައު ހޭލުންތެރިކުރުވުމަށް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ.

"މިފަދަ ކޮންމެ ހަރަކާތެއް ކާމިޔާބުކަމާ އެކު ކުރިއަށްގެންދެވޭކަން ޔަގީންކުރުމަށް އެ ހަރަކާތެއްގެ ވަސީލަތްތަކާއި އޮޕަރޭޝަންތަކާއި އިލްމުގެ މިލްކުވެރިކަން ރައްޔިތުންނަށް، މި ހާލަތުގައި ކުޑަހުވަދޫގެ ރައްޔިތުންނަށް ބަދަލުކުރަންޖެހޭނެ. އެއާ އެކު، މިފަދަ ކޮންމެ ހަރަކާތަކާއި ޕްރޮގްރާމެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފުރުޞަތު ވަރަށް ބޮޑަށް އިތުރުވެގެން ދޭ." މޯޕާގެ ޗެއާމަން ތޯރިގު އިބްރާހިމް ވިދާޅުވި އެވެ. "ކުޑަހުވަދޫ ވެގެން ދިޔައީ ގޭބިސީތަކުގެ ފެންވަރުގައި ކުނި ވަކިކުރުން ހިމެނޭ ގޮތަށް، ކުނި މެނޭޖްކުރުމުގެ އާ ގަވައިދަށް ފުރިހަމައަށް އަމަލުކުރި ފުރަތަމަ ރަށަށް. މިއީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް."

މިދިއަ ޖޫން މަހުން ފެށިގެން ކުނި ވަކިކުރަން ސަރުކާރުން ލާޒިމްކުރުމުގެ ކުރިން ފެށި މި ޕްރޮގްރާމުގައި މިހާތަނަށް އެ ރަށަށް 1،000 އަށް ވުރެ ގިނަ ކުނި ވަށިގަނޑު ވަނީ ފޯރުކޮށްދީފަ އެވެ.

މި މަޝްރޫއު ފެށި ފަހުން ކުޑަހުވަދޫން މިހާތަނަށް 8.7 ޓަނުގެ ޕްލާސްޓިކް ކުނި ވަނީ ނަގާފަ އެވެ. މި މަޝްރޫއުގެ ލޮޖިސްޓިކް ޕާޓްނަރެއްގެ ހައިސިއްޔަތުން ކޮކާ-ކޯލާ މޯލްޑިވްސް އިން އަންނަނީ ކުޑަހުވަދޫން އެއްކުރާ ޕެޓް ފުޅިތައް މާލެއަށް ގެންދިއުމުގައި މޯޕާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.