ލިފްޓްތަކުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލާނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ސަހަރު ކަމަށްވާ "ހިޔާ އަވަށު" ގެ ހިޔާ ފްލެޓުގައި އަލަށް ބެހެއްޓި ބައެއް ލިފްޓްތައް ބޭނުން ކުރަން ފަށަން ކޮމިޝަނިން މަސައްކަތް ފަށައިިފި އެވެ.
ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑު ދަތިކަމެއް ކުރިމަތިވަމުން ދިޔަ މި މައްސަލައިގެ ހައްލު ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ވައުދުވެވަޑައިގެންފަ އެވެ. މި ވައުދާ އެއްގޮތަށް މަސައްކަތް ނިންމުމުގެ މަސައްކަތް އެޗްޑީސީއިން ފެށީ މިދިޔަ އަހަރު އެވެ. މި ލިފްޓްތައް ހަރުކޮށް ކޮމިޝަން ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. މިގޮތުން ހަތަރު ލިފްޓެއްގެ މަސައްކަތް އެއްކޮށް ވަނީ ނިންމާލާފަ އެވެ.
ހިޔާ ފްލެޓުގައި މިއަދު ހުންނަވާ އެޗްޑީސީގެ އެޗްޑީސީގެ އެސިސްޓެންޓް ޑިރެކްޓަރު ހަސަބް ޝަހީދު ވިދާޅުވީ ހިޔާގެ ފުރަތަމަ ދެ ޓަވަރުގައި ބެހެއްޓި ލިފްޓުތައް އަންނަ މަހުގެ 12 ވަނަ ދުވަހު ބޭނުންކުރަން ފަށާނެ އެވެ. އަދި އެހެން ލިފްޓްތައްވެސް ތާވަލްތަކަށް ބަހާލައިގެން ހިދުމަތަށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މަސައްކަތް ފެށީ ރައީސް ވެސް ބައްދަލު ކުރައްވައި މި ސަރަހައްދު [ހިޔާ ފްލެޓުގެ ރައްޔިތުން] ގެ މެދުގައި ހުރި ކަންބޮޑުވުންތަކާއެކު. މިހާރު ހުރި ލިފްޓްތަކުގައި ބަލި މީހަކު ބާލަން ޖެހިއްޖެނަމަ ދަތި. އެކަމަކު މިހާރުގެ ލިފްޓްތަކުގައި ބަލި މީހުން ބާލާ ސްޓްރެޗާ ވެސް އެރުވޭނެ،" ހަސަބް ވިދާޅުވި އެވެ.
ޝަހީދު ވިދާޅުވީ މުޅި މަޝްރޫޢުގެ 58 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު، މަސައްކަތުގައި ބޭނުންކުރާ ސާމާނުގެ ބޮޑުބައިވެސް މިހާރު ވަނީ ރާއްޖެ ގެނެވިފަ އެވެ.
ހިޔާގެ ކޮންމެ ޓަވަރެއްގައި 400އެއްހާ އެޕާޓުމަންޓު ހުރެ އެވެ. ކޮންމެ ޓަވަރެއްގެ އާބާދީ 2000 ހުރެ އެވެ. މިތަނުގައި 40،000 މީހުން ދިރިއުޅެ އެވެ.