ރިސޯޓް ވިއްކާ ޖޭއެލްއެލް އިން 2023 ވަނަ އަހަރު ނެރެފައިވާ މޯލްޑިވްސް އިންވެސްޓްމެންޓް ގައިޑްގައިވާ ގޮތުން މިސަރަހައްދުގެ އެންމެ މަތިން ރޭޓުކޮށްފައިވާ ގައުމީ ރާއްޖެ އެވެ.
މިދިޔަ އަަހަރު ރާއްޖޭގައި ހަ ރިސޯޓެއް ވިއްކާލާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތު ތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ މައުލޫމާތުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގައި އަށް ރިސޯޓެއް ވިއްކާލިއިރު، މާލެ އަތޮޅުގެ ފަޅެއްވެސް ހިމެނެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރު 11 ރިސޯޓެއް ވިއްކާލާފައިވެ އެވެ. އެ އަހަރު ވިއްކާލި ތަންތަނުގެ ތެރޭގައި ހިމެނެނީ ދ، ފޮއްމުލީގެ އިތުރުން ވ. ފޮއްތެޔޮ ބޮޑު ފުށީގެ އިތުރުން ލ. ގުރައިދޫ އެވެ. އަދި ޅ.މޭޔަފުށީގެ އިތުރުން ބ. ދިގުފަރު އެވެ. މީގެ އިތުރުން ހިމެނެނީ ކ. އާއި ނ. ގެ ދަޅުތަކެވެ.
ލޭއެލްއެލް އިން 2023 ވަނަ އަހަރު ނެރެފައިވާ މޯލްޑިވްސް އިންވެސްޓްމެންޓް ގައިޑްގައިވާ ގޮތުން މިސަރަހައްދުގެ އެންމެ މަތިން ރޭޓުކޮށްފައިވާ މާކެޓަކީ ރާއްޖެ އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި 2019 ވަނަ އަހަރަށް ވުރެ ގާތްގަނޑަކަށް 10 ޕަސެންޓު 2023 ވަނަ އަހަރު މާކެޓު ވަނީ ފުޅާވެފަ އެވެ. އެ ކުންފުނިން 2012 ވަނަ އަހަރުން ފެށިގެން 15 ރިސޯޓެއް ވިއްކުމުގައި މެދުވެރިއެއްގެ ބައި އަދާކޮށްފައިވެ އެވެ.