މާލޭގެ ގެއަކަށް ގެއްލުންދީ ވެރިފަރާތަށް ބިރުދެއްކި މީހުން ދޫކޮށްލައިފި

މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބަޔަކު ބިރުދައްކައި އިންޒާރު ދީފައިވާ މި މައްސަލައިގައި މި މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ އަށްވަނަ ދުވަހުގެ ރެއެވެ. އެމީހުން އިއްޔެއާ ޖެހެންދެން ތިބީ ކޯޓުން ބަންދުކޮށްފަ އެވެ.

ގެއަކަށް ވަދެ ގެއްލުން ދިން މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން --

މާލޭގެ ގެއެއްގެ ވެރިފަރާތަށް ބިއުދައްކައި، އެގެއަށް ވަދެ ގެއްލުން ދިން މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އއ. މާޅޮސް، ރީތިހިޔާ، މުހައްމަދު އަފްލާހް (23އ) އާއި ނ. ވެލިދޫ، އީލަސް، އިބްރާހިމް އަހްނަފް (21އ) އާއި ނ. މަނަދޫ، ހަވޭލި، މުހައްމަދު އަޒާން (23އ) އަދި ތ. ގުރައިދޫ، ފަޒާ، އަލީ ނަވާފް (21އ) އެވެ.

މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބަޔަކު ބިރުދައްކައި އިންޒާރު ދީފައިވާ މި މައްސަލައިގައި މި މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ އަށްވަނަ ދުވަހުގެ ރެއެވެ. އެމީހުން އިއްޔެއާ ޖެހެންދެން ތިބީ ކޯޓުން ބަންދުކޮށްފަ އެވެ.

މީހުންގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ވަނީ ދޫކޮށްލާފަ އެވެ. ކޯޓު އަމުރުތަކުގައިވާ ގޮތުން މައްސަލައިގައި ދައުވާ ކުރުމަށް މިހާރު އޮތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ. ޕީޖީ އޮފީހުން ވަނީ އެމީހުން ޝަރީއަތް ނިމެންދެން ބަންދު ކޮށްދިނުމަށް އެދިފަ އެވެ.

ނަމަވެސް އަމުރުތަކުގައިވާ ގޮތުން، އެމީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެކަށީގެންވާ ހެކި ގަރީނާ ޕީޖީ އޮފީހުގެ ފަރާތުން ހުށަހަޅާފަ އެއް ނުވެ އެވެ. އެހެންވެ، ކޯޓުން އެމީހުން ދޫކޮށްލާފައި ވަނީ ޝަރުތު ކުރުމަށްފަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.