އައި ފީލް މޯލްޑިވްސް ލޯންޗްކޮށްފި

އައި ފީލް މޯލްޑިވްސް އަކީ ޓޫރިޒަމްގެ އުފެއްދުންތެރި ހިޔާލުތަކާއެކު ދިވެހިންނަށް ފުރުސަތު ފަހި ކުރަން އުފެއްދި ޓޫރިޒަމް ބްރޭންޑެކެވެ.

ދުނިޔޭގެ އެކި ހިސާބުން ބައިވެރިިވި ޓޫރިޒަމްއާ ގުޅުންހުރި ފަރާތްތަކާއެކު އައިފީލް މޯލްޑިވްސް ބްރޭންޑް ލޯންޗްކޮށްފި އެވެ. 

އޮންލައިކޮށް އިއްޔެ ބޭއްވި މި އިވެންޓުގައި ޓްރެވަލް އަދި ޓޫރިޒަމްގެ ދާއިރާތަކުން 50 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ. 

ދިވެހި ޓޫރިޒަމަށް އުފެއްދުންތެރި އާ ހިޔާލުތަކާއެކު ލޯންޗް ކުރި "އައި ފީލް މޯލްޑިވްސް" ލޯންޗް ކުރުމަށް ބޭއްވި ހަފުލާގައި މި ބްރޭންޑާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން މަސައްކަތްކުރާ ޕާޓްނަރުން ބައިވެރިވެފައިވެ އެވެ. މިގޮތުން ބައިވެރި ފަރާތްތަކުގެ ތެރޭގައި  ގަތަރު ޓްރެވަލް މާޓް (ކިއުޓީއެމް) އާއި އިންޓަނޭޝަނަލް ވެލްނެސް ޓޫރިޒަމް އެކްސްޕޯ ޖަޕާން (އައިޑަބްލިއުޓީ)ގެ އިތުރުން ގިނަ ފަރާތަކެއް ހިމެނެ އެވެ.

އައި ފީލް މޯލްޑިވްސް އިން ވަނީ މި އިވެންޓުގައި ކުރިއަށް ހުރި ޓޫރިޒަމްގެ އިވެންޓުތަކުގައި ބައިވެރިވުމަށް އެކި ފަރާތްތަކަށް ދައުވަތު ދީފަ އެވެ. މިގޮތުން ކުރިއަށް އޮތް ކިއުޓީއެމް ފެއާ އާއި އައިޑަބްލިއުޓީ ފެއާގައި އެ ކުންފުންޏާއެކު މަސައްކަތް ކުރަން ފުރުސަތު ހުޅުވާލާފައިވެ އެވެ.

އެ ކުންފުނިން ދަނީ ކުރިއަށް ހުރި މަޝްހޫރު ފެއާތައް ކަމަށްވާ އައިޓީބީ ޗައިނާ އާއި އޭޓީއެމް ދުބާއީ އަދި އެމްއައިޓީޓީ ރަޝިޔާ އަދި ބީއައިޓީ އިޓަލީގައި ބައިވެރިވާން ތައްޔާރުވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.