18 ސްކޫލެއްގެ ނުނިމި ހުރި މަސައްކަތް އެހެން ބަޔަކާ ހަވާލުކޮށްފި

މި މަޝްރޫއުތަކުގެ ޖުމްލަ އަދަދަކީ 114.9 މިލިއަން ރުފިޔާ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު

ސްކޫލުތަކުގައި ހިންގުމަށް ހަވާލުކޮށްފައިވާ 18 މަޝްރޫއެއްގެ ކޮންޓްރެކްޓް ބާތިލުކޮށް، އެ މަސައްކަތްތައް ކުރުމުން ސަރުކާރު ހިއްސާ އޮންނަ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މި މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައި ވަނީ ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި އާރުޑީސީއާ އެވެ.

މި މަސައްކަތްތަށް ހަވާލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކޮންޓްރެކްޓް ގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު، މޭޖާ (ރިޓައާޑް) މުހައްމަދު ނަޖާހު އެވެ. 

އަދި އާރުޑީސީގެ ފަރާތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓައާޑް) އަލީ ޒުހައިރު ސޮއި ކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

މި މަޝްރޫއުތަކުގެ ޖުމްލަ އަދަދަކީ 114.9 މިލިއަން ރުފިޔާ އެވެ.

މަޝްރޫއުތައް ހިންގާނެ ރަށްތަކަކީ؛

  • 1.ހއ. މޮޅަދޫ
  • 2.ހދ. ނޮޅިވަރަންފަރު
  • 3.ހދ. ނޭކުރެންދޫ
  • 4.ށ. ބިލެތްފަހި
  • 5.ރ. އންނަމާދޫ
  • 6.ރ. ދުވާފަރު
  • 7.ބ. ކުޑަރިކިލު
  • 8.އއ. މަތިވެރި
  • 9.ތ. ގާދިއްފުށި
  • 10.ގދ. ވާދޫ
  • 11.ހއ. މާރަންދޫ
  • 12.ކ. ގުޅި
  • 13.ތ. މަޑިފުށި
  • 14.ހދ. ނައިވާދޫ
  • 15.ލ. މާވަށް
  • 16.އއ. މާޅޮސް
  • 17.އދ. ފެންފުށި
  • 18.މ. ވޭވަށް

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.