އެޑްވަޓޯރިއަލް

އެލައިޑު އިސްލާމިކް ވިންޑޯގެ ޗައިލްޑް އެޑިއުކޭޝަން ޕްލޭން | ދަރިފުޅުގެ މުސްތަގުބަލަށް މުހިންމު

މިއީ ޕޭރެންޓް ނިޔާވެއްޖެ ހާލަތެއްގައި ތަކަފުލް ޕޫލް އިން ކުއްޖާއަށް ކުރިއަށް އޮތް މަސްތަކުގައި ޕޭކޮށް [ސޭވްކޮށް] ދޭ ނިޒާމެކެވެ. މާނައަކީ ބެލެނިވެޔާ ދުނިޔޭގައި ހުޓަސް ނެތަސް ކުއްޖާ އަށް 18 އަހަރު ވާއިރަށް މަތީ ތައުލީމަށް ފަންޑެއް އޮންނެ އެވެ

ސްކޫލެއްގެ ތުއްތު ތުއްތު ކުދިންތަކެއްގެ ގްރެޖުއޭޝަނެއް : ދަރިފުޅުގެ ތައުލީމަށް އެލައިޑު އިސްލާމިކް ވިންޑޯގެ ޗައިލްޑް އެޑިއުކޭޝަން ޕްލޭން މުހިންމު

ތިމާގެ ތުއްތު ދަރިފުޅުގެ މުސްތަގުބަލު އުޖާލާ ކުރުމަކީ ކޮންމެ ބެލެނިވެރިއެއްގެ ވެސް ހުވަފެނެކެވެ. މި ކަމަށް ޓަކައި ގިނަ އާއިލާތަކުން ދަރިފުޅުގެ ބޭންކް އެކައުންޓުގައި ފައިސާ ރައްކާ ކުރެއެވެ. އެކަމަކު ޙަޤީޤަތުގައި މިގޮތަށް ފައިސާ ރައްކާ ކުރުމުން ދަރިފުޅުގެ މުސްތަގުބަލުގައި ކުރިމަތިވެދާނެ ކަމަކަށް ދުރާލާ ތައްޔާރު ވެވޭތޯ ސުވާލުކޮށްލަން ޖެހެ އެވެ.  

ބައްޕަ ވަޒީފާގައި ދުވާލު ހަތަރުދަމު އުޅެ، ފައިސާ ރައްކާ ކުރަމުން ދަނިކޮށް އެ ބައްޕައަށް މަސައްކަތް ނުކުރެވޭފަދަ ހާލަތެއް ދިމާވެއްޖެ ހިނދެއްގައި ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ނޫނީ ބައްޕަ ކުއްލި ގޮތަކަށް ނިޔާވުން ފަދަ ހިތާމަވެރި ހާލަތެއް ކުރިމަތިވެއްޖަނަމަ ދަރިފުޅުގެ މުސްތަގުބަލަށް ފަހަށް ރައްކާ ކުރަމުން ދިޔަ ދިއުން އެއްކޮށް ހުއްޓޭނެއެވެ. މިފަދަ ހާލަތެއްގައި ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

މިފަދަ ހާލަތެއްގައި އާއިލާ އާއި ދަރިންގެ މުސްތަގުބަލަށް ޓަކައި އިސްލާމިކް ޝަރީޢާ ހުއްދަކުރާ ފައިސާ ރައްކާކޮށްދޭނެ އެންމެ ފުރިހަމަ އެއް ނިޒާމެއް އޮތީ އެލައިޑު އިސްލާމިކް ވިންޑޯގައެވެ. އެލައިޑު އިސްލާމިކް ވިންޑޯގެ ޗައިލްޑް އެޑިއުކޭޝަން ތަކަފުލް ޕްލޭންއަކީ މިފަދަ މުހިންމު އިސްލާމިކް އިންޝުއަރެންސް ޕްރޮޑަކްޓެކެވެ.

މި ޕްލޭން ފަރުމާކޮށްފައިވަނީ މިފަދަ ހިތާމަވެރި ހާދިސާއެއް ދިމާވި ނަމަވެސް ބެލެނިވެރިންގެ އުންމީދު ހާސިލު ވާނެ ގޮތަށެވެ. ބައްޕައެއް ނުވަތަ މަންމައެއް މަހުން މަހަށް ފައިސާ ރައްކާ ކުރަމުން ދިޔަ ގޮތަށް ހުއްޓުމެއް ނެތި ދަރިފުޅު ބޮޑުވެ 18 އަހަރު ފުރެންދެން ފައިސާ ޖަމާވަމުން ދާނެ ގޮތަކަށެވެ.

އެލައިޑު އިސްލާމިކް ވިންޑޯގެ މެނޭޖަރު ފާޠިމަތު ނިޒްމާ ވިދާޅުވި ގޮތުގައި އެލައިޑު އިސްލާމިކް ވިންޑޯގެ އިސްލާމިކް ލައިފް އިންޝުއަރެންސް ޕްރޮޑަކްޓްތަކުގެ ތެރެއިން ޗައިލްޑް އެޑިއުކޭޝަން ތަކަފުލް މިއީ ތުއްތު ކުއްޖާގެ ޅަދުވަހުން ފެށިގެން މަތީ ތަޢުލީމަށް އިންވެސްޓް ކުރަން ފެށުން އެންމެ ރަނގަޅު ވަސީލަތެވެ.

"މިއީ ޕޭރެންޓް ނިޔާވެއްޖެ ހާލަތެއްގައި ތަކަފުލް ޕޫލް އިން ކުއްޖާއަށް ކުރިއަށް އޮތް މަސްތަކުގައި ޕޭކޮށް [ސޭވްކޮށް] ދޭ ނިޒާމެއް. މިސާލަކަށް ބައްޕައެއް ޗައިލްޑް އެޑިއުކޭޝަން ޕްލޭނެއް ނަގައިދީފައި އިންދައި ދަރިފުޅުގެ އުމުރުން 5 އަހަރުގައި ނިޔާވީ. ބައްޕަ ނިޔާވިއިރު ދިޔައީ މަހަކު 1،000ރ. ދައްކަމުން. އެފަދަ ހާލަތެއްގައި އަޔާދީގެ ޕޫލް ފަންޑުން 1،000 ދައްކަމުންދާނެ ދަރިފުޅުގެ އުމުރުން 18 އަހަރު ވަންދެން ތަކަފުލް ޕޫލް ތެރެއިން" ނިޒްމާ ވިދާޅުވި އެވެ.

"މީގެ މާނައަކީ އެ ބައްޕަ ދުނިޔޭގައި ހުޓަސް ނެތަސް އެ ކުއްޖާއަށް 18 އަހަރު ވާއިރަށް މަތީ ތައުލީމަށް ފަންޑެއް އޮންނާނޭ."

ދިރާސީ އަހަރެއްގެ ކިޔެވުން މިއަދު ފެށޭއިރު ކޮންމެ ބެލެނިވެރިއަކުވެސް މިކަމަށް ސަމާލުކަން ދޭން ޖެހެއެވެ. ފަހަށް ރައްކާކޮށް ދަރިފުޅުގެ މުސްތަގުބަލަށް ޓަކައި މި ޕްލޭން ނެގުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިއަހަރު ނަގާ ކޮންމެ ޗައިލްޑް އެޑިއުކޭޝަން ޕްލޭނެއްގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50% ޑިސްކައުންޓް ލިބޭ އިންތިޒާމް އަޔާދީއިން ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.