ހަތް ޕަސެންޓުގެ އިތުރުވުމަކާއެކު ޔޫކޭ ޓޫރިޒަމްގެ ދެވަނައަށް

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޔޫކޭ އިން މިހާތަނަށް 70,561 ޓޫރިސްޓުން އައިސްފައިވެ އެވެ. އެ ގައުމުގެ ޓޫރިޒަމްގެ ހިއްސާއަކީ 10.6 ޕަސެންޓެވެ.

ރައީސް ޑރ. މުއިއްޒު ލިވަޕޫލްގެ ރަސްމީ ދަނޑުގައި އެ ކްލަބުގެ ބައެއް ސަޕޯޓަރުންނާއެކު ވަގުތުކޮޅެއް ހޭދަ ކުރައްވަނީ

ޓޫރިސްޓުން އަންނަ ގައުމުތަކުގެ އެތުރުމަށް އައި ބަދަލާއެކު ރާއްޖެ އަށް ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ މަގާމަށް އިނގިރޭސިވިލާތް ޖެހިލައިިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާއިން މިއަހަރުގެ މިހާތަނަށް 76,674 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. ޔޫކޭ އޮތީ މިދިޔަ އަހަރު ޓޫރިޒަމްގެ ތިން ވަނާގަ އެވެ. 

ޔޫކޭ ޓޫރިޒަމްގެ ދެވަނަ މަގާމަށް ޖެހިލާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގެ ފަހުންނެވެ. މިމަސް ފެށުނުއިރު ޔޫކޭއިން އައިސްފައިވަނީ 65,404 ޓޫރިސްޓުންނެވެ. މިހާރު މި ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު އުޅެނީ 70,561 ގަ އެވެ. މިއީ މި މަސް ފެށުނު ފަހުން ހަތް ޕަސެންޓުގެ އިތުރުވުމެކެވެ. 

ލިވަޕޫލް އާއި އެމްއެމްޕީއާރުސީން އެއްބަސްވުމަށްފަހު ޓޫރިޒަމް މިނިސްޓަރު ތޮއްޔިބު އަދި އެމްއެޕީއާރުސީގެ އެމްޑީ އާއި ޗެއާއާއެކު ފޮޓޯއަކަށް ހުއްޓިގެން

ޔޫކޭ ދެވަނަ މަގާމަށް ޖެހިލިއިރު ރާއްޖޭން ދަނީ ޔޫކޭ މާކެޓަށް ހާއްސަކޮށް ގިނަ މާކެޓިން ހަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން ރާއްޖެއާއި ދުނިޔޭގެ އެންމެ ސަޕޯޓަރުން ގިނަ އެއް ކްލަބް ކަމަށްވާ ލިވަޕޫލްއާއެކު ހެދި އެއްބަސްވުމުގެ ދަށުން ޔޫކޭގައި އޮންލައިން އަދި އޮފްލައިން މާކެޓިން ގިނަ ހަރަކާތްތަކެއް ވަނީ ފަށާފަ އެވެ. މިގޮތުން ޔޫކޭގެ ބިމު އަޑީގެ ރޭލްވޭ މަގުތަކާއި އެއާޕޯޓްތައް އަދި ލައުންޖްތަކުގައިވެސް ބިލްބޯޑް ތަކެއް ބަހައްޓާފައިވެ އެވެ. މިދިޔަ ހަފުތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭން ލިވަޕޫލްއާއެކު ހެދި އެއްބަސްވުމުގެ ދަށުން ފުރަތަމަ އިސްތިހާރުތައް ފެނިލި މެޗު ބައްލަވައިލުމާއި ލިވަޕޫލްގެ އިސްވެރިންނާ ބައްދަލު ކުރައްވަން ޔޫކޭ އަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. 

އެމްއެމްޕީއާރުސީން ވަނީ ލިވަޕޫލްއާއެކު ފަށާފައިވާ ކެމްޕޭންތަކުގެ ސަބަބުން މި އަހަރު އިތުރު 100،000 ގެނެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެފައިވެ އެވެ.

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޔޫކޭއިން މިހާރު އޮތީ ޓޫރިޒަމް އެރައިވަލްސްގެ 10.6 ޕަސެންޓް ހިއްސާއެއް މިހާރު އަދާކުރާއިރު އެއް ވަނާގައި އޮތް ޗައިނާގެ މިވަގުތުގެ ހިއްސާއަކީ 11.5 ޕަސެންޓެވެ. 

ޓޫރިސްޓުން އަންނަ ގައުމުތައް

  • ޗައިނާ - 76,674 ޓޫރިސްޓުން
  • ޔޫކޭ - 70,561 ޓޫރިސްޓުން
  • ރަޝިއާ - 70,538 ޓޫރިސްޓުން
  • އިޓަލީވިލާތް - 59,978 ޓޫރިސްޓުން
  • ޖަރުމަނުވިލާތް - 47,470 ޓޫރިސްޓުން
  • އިންޑިއާ - 33,544 ޓޫރިސްޓުން
  • ފްރާންސް - 26,689 ޓޫރިސްޓުން
  • އެމެރިކާ - 21,567 ޓޫރިސްޓުން
  • ސުވިޒަލޭންޑް - 14,355 ޓޫރިސްޓުން
  • ޕޮލެންޑް - 13,611 ޓޫރިސްޓުން

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް  667,730 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 630,867 ޓޫރިސްޓުންނާ އަޅާބަލާއިރު 5.8 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ 464,015 މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގަ އެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ 167,089 މީހުންނެވެ. 

މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ކާމިޔާބީއެއް ހޯދި އަހަރެކެވެ. މިދިޔަ އަހަރު ދެ މިލިއަން ޓޫރިސްޓުން އައިއިރު އާމްދަނީ އާއި ޓޫރިސްޓް އޮކިއުޕެންސީވެސް ވަނީ އިތުރުވެފަ އެވެ. އަދި ސަރުކާރުން ވަނީ މި އަހަރު 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.