އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިފެށުނު އާ ދިރާސީ އަހަރު ޕްރީ-ސްކޫލުން ފެށިގެން ގްރޭޑު 12 އާ ހަމައަށް 90،000 އެއްހާ ކުދިން ކިޔަވާނެ ކަމަށެވެ. އަދި ސަރުކާރުގެ 217 ސްކޫލްއެއްގައި 84000 އެއްހާ ދަރުވަރުން ކިޔަވަމުންދާނެ ކަމަށެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފައި މިވަނީ މަސްދުވަހުގެ ބޮޑު ޗުއްޓީއަކަށް ފަހު އެވެ. މިދިޔަ ދިރާސީ އަހަރު ނިންމައި ދަރިވަރުން ބޮޑު ޗުއްޓީއަށް ދިޔައީ ފެބްރުއަރީ 27 ވަނަ ދުވަހު އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިފެށުނު އާ ދިރާސީ އަހަރު ޕްރީ-ސްކޫލުން ފެށިގެން ގްރޭޑު 12 އާ ހަމައަށް 90،000 އެއްހާ ކުދިން ކިޔަވާނެ ކަމަށެވެ. އަދި ސަރުކާރުގެ 217 ސްކޫލްއެއްގައި 84000 އެއްހާ ދަރުވަރުން ކިޔަވަމުންދާނެ ކަމަށެވެ.
އެ ކުދިންނަށް ކިޔަވައިދިނުމަށް 11،000 އެއްހާ ޓީޗަރުން އެކި ސްކޫލްތަކުގައި މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނެފައި ވަނީ މުޅި ރާއްޖެއިން 5000 ދަރިވަރުން ވަނީ ގްރޭޑް 1 އަށް އަލަށް ވައްދާފައިވާ ކަމަށެވެ. އޭގެ ތެރެއިން މާލެ ސަރަހައްދަށް 2000 އަށްވުރެ ގިނަ ކުދިން ވައްދާފައިވެ އެވެ.
މިއަހަރުގެ އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން، މިއަހަރުގެ ފުރަތަމަ ޓާމް ނިމެނީ ޖުލައި 24 ވަނަ ދުވަހު އެވެ. އެމަހުގެ 28 އިން އޮގަސްޓް މަހުގެ 7 ވަނަ ދުވަހަށް ފުރަތަމަ ޓާމު ޗުއްޓީއަށް ދިއުމަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް 10 ވަނަ ދުވަހު އެވެ.
ކަލަންޑަރުގައިވާ ގޮތުން، ދެވަނަ ޓާމު ނިމެނީ މިއަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށެނީ ޑިސެމްބަރު 28 އިން އަންނަ އަހަރުގެ ޖެނުވަރީ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެހެންކަމުން، 2026 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށޭނީ ޖެނުވަރީ 27 ވަނަ ދުވަހު އެވެ.