ޝާފިއުވަނީ ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ބަޔާންކޮށް ރައީސް ޑރ. މުއިއްޒުއަށް ސިޓީއެއް ފޮނުވާފަ އެވެ.
މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާ ބެހޭ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޝާފިއު އިސްތިއުފާ ދެއްވައިފި އެވެ.
މަސްވެރިކަމުގެ ދާއިރާ އިން ގިނަ ދިރާސާތަކެއް ކުރައްވަމުން ގެންދަވާ އަދި މަސްވެރިކަމުގެ އާ ގާނޫނު ހެދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޝާފިއު އިސްތިއުފާ ދެއްވީ މިއަދުގެ ވަގުތެއްގަ އެވެ.
އޭނާ އިސްތިއުފާދާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ޖެހި ސްޓޭޓަސްގައި ބުނީ ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ އުއްމީދުގައި މިއަދުން ފެށިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ނައިބުގެ މަގާމުން ދީފީފައިވާނެ ކަމަށެވެ. .
ޝާފިއު އިސްތިއުފާއާ ބެހޭ ގޮތުން "މިރާ" އަށް ވިދާޅުވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓްރީގައި ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައް ތަކެއް އެބަހުއްޓެވެ. އަދި އެކަންކަން ބަޔާންކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ސިޓީގައި ހުރި ކަންތައް ތަކެއް އޭނާ ވިދާޅެއް ނުވި އެވެ.