އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު ވަހީދު ވަކިކޮށްފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މުހައްމަދު ވަހީދު މިއަދު އެޗްޑީސީގެ ބޯޑު މެންބަރު ކަމުން ވަކިކޮށްފައިވާ ކަމަށެވެ.

އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ވަކިކުރި މުހައްމަދު ވަހީދު --

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑު މެންބަރު ކަމުން ހއ. ފިއްލަދޫ، މަބުސްތާނުގެ، މުހައްމަދު ވަހީދު ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މުހައްމަދު ވަހީދު މިއަދު އެޗްޑީސީގެ ބޯޑު މެންބަރު ކަމުން ވަކިކޮށްފައިވާ ކަމަށެވެ.

މުހައްމަދު ވަހީދަކީ ބިންވެރިޔާ ސްކީމުގެ ތެރެއިން ގޯތި ލިބުނު މީހުންގެ ލިސްޓުގައި ނުހިމެނޭ ފަރާތްތަކަކަށް ގޯތި ދޫކޮށް، ގޯތީގައި އިންފާރު ރޭނުމަށް އެޗްޑީސީން ހުއްދަ ދިން މައްސަލާގައި ބޯޑުން ސަސްޕެންޑުކޮށް އަދި ފުލުހުން ޕާސްޕޯޓު ހިފެހެއްޓި މީހެކެވެ. އޭނާ ވަކިކުރީ ކީއްވެ ކަމެއް އަދި ސާފެއް ނުވެ އެވެ.

މި އެންމެންގެ ޕާސްޕޯޓުތައް ފުލުހުން ދޫކޮށްލާފައި ވަނީ މިދިޔަ މަހުގެ އެވެ.

މި މައްސަލައިގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ހިމެނޭހެން ޖުމްލަ 20 މީހެއްގެ ޕާސްޕޯޓު ހިފެހެއްޓި އެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ މި މައްސަލައިގައި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބައެއް ފަރާތްތަކުން ގޯތި ލިބުނުކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ހުށަހަޅައިގެން އެެ ފަރާތްތަކަށް އެ ބިންތަކުގައި ބައެއް މަސައްކަތްކުރުމުގެ ހުއްދަތައް އެޗްޑީސީން ދޫކޮށްފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.