މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަނީ

ރާއްޖޭގެ އިގުތިސޯދު ދަށްވަމުން އަންނަ މި ދަނޑިވަޅުގައި އާންމު ރައްޔިތުންނަށް ލިބޭ މުސާރައާ ނުބައްދަބަލު އާމްދަނީއެއް ދިނުމަކީ ބޭއިންސާފެއް ކަމަށް ޕެޓިޝަނުގައި ބަޔާންކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

މި ޕެޓިޝަނުގައި ސޮއިކުރަމުން ދަނީ އޮންލައިންކޮށެވެ. ޕެޓިޝަންގައި ސޮއިކުރާ ސަބަބެއް ކަމުގައި ބަޔާންކޮށްފައި ވަނީ، މަޖިލީސް މެންބަރުންނަށްދޭ ބޮޑު މުސާރަ އާއި އިނާޔަތްތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯތައް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ކަމަށެވެ.

އެގޮތުން، ރާއްޖޭގެ އިގުތިސޯދު ދަށްވަމުން އަންނަ މި ދަނޑިވަޅުގައި އާންމު ރައްޔިތުންނަށް ލިބޭ މުސާރައާ ނުބައްދަބަލު އާމްދަނީއެއް ދިނުމަކީ ބޭއިންސާފެއް ކަމަށް ޕެޓިޝަނުގައި ބަޔާންކޮށްފައިވެ އެވެ.

އެހެންކަމުން، މަޖިލީސް މެންބަރުންގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން، އެ މެންބަރުންނާއި އާއިލާތަކަށް ދޭ ހެލްތު އިންޝުއަރެންސް ކަނޑާލައި އަދި ރައްޔިތުންނެކޭ އެއްގޮތަށް އާސަންދަ ހިދުމަތް ދިނުމަށް ޕެޓިޝަނުގައި ވަނީ ގޮވާލާފަ އެވެ. 

އޭގެ އިތުރުން، ކޮމެޓީތަކުން ލިބޭ އެލަވަންސް އެއްކޮށް ކަނޑާލުމަށް ވެސް ގޮވާލައި، އަދި ކުރީގެ މެންބަރުންނަށް ދޭ އިނާޔަތްތައް ކަނޑާލުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

މަޖިލީސް މެންބަރުންގެ މުސާރަ އާއި އެލަވަންސް ބޮޑުވުމަކީ އާންމު ރައްޔިތުންގެ މެދުގައި ވެސް އޮންނަ ކަންބޮޑުވުމެކެވެ. އެކި ފަހަރު މަތިން އެކަމުގެ އަޑުތައް ވެސް ގަދަ ވެއެ. މެންބަރެއްގެ މުސާރަ އާއި އެލަވަންސުގެ ގޮތުގައި މަހަކު 85،000 ރުފިޔާ ލިބެ އެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.