އީދު ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ރައީސްގެ ޝުކުރު

މިއަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި އީދު ބޮކި ދިއްލުމާއި، އީދު ހަވީރު ބޭއްވުމާއި، ހަވާ އެރުވުމާއި، ދިވެހި ސަގާފަތް ދައްކުވައިދޭ އެތައް ކުލަގަދަ ހަރަކާތްތަކެއް މާލެއާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައިވެ އެވެ.

އީދު ފާހަގަ ކުރުމުގައި ކުޑަކުދިންނާއެކު ރައީސް ބައިވެރިވަޑައިގަންނަވަނީ -- ރައީސް އޮފީސް

މި އަހަރުގެ ފިތުރު އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި، ކުޑަކުދިންނާއި އާއިލާތަކަށް އުފާވެރިކަން ގެނެސްދިނުމުގައި ބައިވެރިވެރިވި ހުރިހާ ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު ދަންނަވައިފި އެވެ.

ރައީސް ވަނީ އެފަރާތްތަކުގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުކުރު ދަންނަވާފަ އެވެ.

މިއަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި އީދު ބޮކި ދިއްލުމާއި، އީދު ހަވީރު ބޭއްވުމާއި، ހަވާ އެރުވުމާއި، ދިވެހި ސަގާފަތް ދައްކުވައިދޭ އެތައް ކުލަގަދަ ހަރަކާތްތަކެއް މާލެއާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައިވެ އެވެ. 

އަދި މިފަދަ ބައެއް ހަރާކާތްތަކުގެ ތެރެއިން ރައީސްގެ ދެކަނބަލުންވެސް ވަނީ ރައްޔިތުންނާ، ކުޑަކުދިންނާ އަދި އާއިލާތަކާ ބައްދަލުކުރައްވައި ވަގުތު ހޭދަކުރައްވާފަ އެވެ.

ދީނުގައި ކަނޑައަޅުއްވާފައިވާ މުނާސަބަތުތައް، ހާއްސަ ގޮތެއްގައި އީދުގެ އިހުތިފާލުތައް އިސްލާމްދީނުގެ އިމުގެ ތެރޭން އަހަރަކަށް ވުރެ އަހަރެއް ކުލަގަދަކޮށް ފާހަގަކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.