ރާއްޖޭގެ އިމްޕޯޓް ދަށް | އެކަމު އާމްދަނީ އާއި ރޯޔަލްޓީ އިތުރު

އިމްޕޯޓް ދަށެވެ. އެކަމަކު ކަސްޓަމްސް އާމްދަނީ 28 ޕަސެންޓް އިތުރުވެ ރޯޔަލްޓީގެ ގޮތުގައި ލިބުނު އާމްދަނީ 87 ޕަސެންޓް އިތުރުވެފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖޭގެ އިމްޕޯޓް ދަށްވިނަމަވެސް އިމްޕޯޓުން ލިބެން ލިބޭ އާމްދަނީ އާއި ރާއްޖެން މުދާ ބޭރު ކުރުން އިތުރު ކަމަށް ދައްކައިފި އެވެ. 

މޯލްޑިވްސް ކަސްޓަމްސްގެ ހިސާބުތައް ދައްކާ ގޮތުގައި ޖެނުއަރީ މަހު ރާއްޖެއަށް ތެޔޮ ހިމަނައިގެން 5.28 ބިލިއަން ރުފިޔާގެ މުދާ ތެެރެކޮށްފައިވެ އެވެ. އަދި ތެޔޮ ނުހިމަނައި ބަލާނަމަ ޖެނުއަރީގެ އިމްޕޯޓް އުޅެނީ 4.4 ބިލިއަން ރުފިޔާގަ އެވެ. ފެބްރުއަރީ މަހު ރާއްޖޭގެ އިމްޕޯޓް ހުރީ ތެޔޮ ހިމަނައިގެން ބަލާނަމަ 4.4 ބިލިއަން ރުފިޔާގަ އެވެ. ނުހިމަނައި ބަލާނަމަ 3.6 ބިލިއަން ރުފިޔާއަށް ވެއްޓެ އެވެ. އެހެންވެ މިއީ ގާތްގަނޑަކަށް 10 ޕަސެންޓުގެ އިމްޕޯޓް ދަށްވުމެކެވެ.

ރޯޔަލްޓީ އާއި ކަސްޓަމްސްގެ އާމްދަނީ އިތުރު

އިމްޕޯޓް ކުރި މުދަލުގެ މިންވަރު ދަށްވިނަމަވެސް އާމްދަނީ އަށް ބަދަލެއް އައިސްފައި ނެތްކަން ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ސާބިތުވެ އެވެ. ޖެނުއަރީ މަހު ކަސްޓަމަށް އާމްދަނީގެ ގޮތުގައި 283 މިލިއަން ޑޮލަރު ލިބި ރޯޔަލްޓީގެ ގޮތުގައި ލިބުނު މިންވަރު ހުރީ 24 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ފެބްރުއަރި މަހު ކަސްޓަމްސް އާމްދަނީ 363 މިލިއަން ޑޮލަރަށް އިތުރުވެ ރޯޔަލްޓީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 45 މިލިއަން ރުފިޔާ އަށް މައްޗަށް ޖެހިލާފަ އެވެ.

މި އަހަރުގެ މިހާތަނަށް ކަސްޓަމްސް އާމްދަނީ 28 ޕަސެންޓް އިތުރުވެ ރޯޔަލްޓީގެ ގޮތުގައި ލިބުނު އާމްދަނީ 87 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. 

ތެޔޮ ތެރެކުރުން 4.6 % މަތި

ކަސްޓަމްސްގެ ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން އެތެރެ ކުރަނީ ކާބޯ ތަކެއްޗާއި ތެލެވެ. މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އަށް 960 މިލިއަން ރުފިޔާގެ ކާބޯ ތަކެތި ވަނީ އެތެރެކޮށްފަ އެވެ. މި މަހު ކާބޯ ތަކެއްޗާއި އެއްވަރަށް މެކޭނިކަލް ސާމާނާއި އިލެކްޓްރިކަލް މެޓީރިއަލް އެތެރެކޮށްފައިވެ އެވެ. ޖެނުއަރީ މަހު 960 މިލިއަން ރުފިޔާގެ މި ބާވަތުގެ މުދާ އެތެރެކޮށްފައިވެ އެވެ. ކާބޯ ތަކެއްޗާއި އެއްވަރަށް ރާއްޖެއަށް ތެޔޮ އެތެރެކުރާ ކަމަށް ދައްކަ އެވެ. 

ހިސާބުތައް ދައްކާ ގޮތުގައި ފެބްރުއަރީ މަހު ރާއްޖެއަށް ކާބޯ ތަކެތި އެތެރެ ކުރަން ކުރި ހޭދަވަނީ 968 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި ކާބޯ ތަކެތީގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލެވެ. މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 738 މިލިއަން ރުފިޔާގެ ތެލެވެ. ނަމަވެސް ފެބްރުއަރި މަހު ރާއްޖެއަށް ތެޔޮ އެތެރެ ކުރަން ހޭދަކުރި މިންވަރު ވަނީ 762 މިލިއަން ރުފިޔާ އަށް އިތުރުވެ، 4.6 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައިވެ އެވެ. 

މުދާ ބޭރުކުރުން 50 % އިތުރު

މި އަހަރުގެ އިމްޕޯޓް ދަށްވިނަމަވެސް ރާއްޖޭން މުދާ ބޭރުކުރި މިންވަރު ވަނީ 50 ޕަސެންޓުގެ ކުރިއެރުމެއް ލިބިފަ އެވެ. ކަސްޓަމްސްގެ ހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހު ރާއްޖޭން ވަނީ 144 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓްކޮށްފަ އެވެ. ނަމަވެސް މިދިޔަ މަހު މި އަދަދު ވަނީ 223 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ ގާތްގަނޑަކަށް 50 ޕަސެންޓުގެ އިތުރުވުމެކެވެ. މި އިތުރުވުމާއެކު އެކްސްޕޯޓް ރޯޔަލްޓީގެ ގޮތުގައި ލިބުނު މިންވަރުވެސް ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ ޖެނުއަރީ މަހު އެކްސްޕޯޓް ކުރި މަހަށް ރޯޔަލްޓީގެ ގޮތުގައި ލިބުނީ 24 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު 45 މިލިއަން ރުފިޔާ ލިބިފަިއވެ އެވެ.

ރާއްޖޭން މި މުއްދަތުގައި އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަމަހެވެ. މީގެ އިތުރުން ކަންނެއްޔާއި ވެލިއުއެޑް ކޮށްގެން ބޭރުކުރި މަސް ދަޅުގެ އިތުރުން ޕައުޗް އެވެ. 

ދެ މަހު އެކްސްޕޯޓް ކުރި އުފެއްދުންތައް

  • ފިނިކުރި ކަޅުބިލަ މަސް - ޖެނުއަރީ 15 މިލިއަން | ފެބްރުއަރީ 32 މިލިއަން
  • މަސް ދަޅު - ޖެނުއަރީ 29 މިލިއަން | ފެބްރުއަރީ 36 މިލިއަން
  • ފިނި ކުރި ބޮޑު ކަންނެލި - ޖެނުއަރީ 29 މިލިއަން | ފެބްރުއަރި 114 މިލިއަން
  • ބޮޑު ކަންނެލި ލޮއިންސް - ޖެނުއަރީ 4 މިލިއަން | ފެބްރުއަރީ 5 މިލިއަން
  • ބަންދުކުރި މަސް ޕެކެޓް - ޖެނުއަރީ 6 މިލިއަން | ފެބްރުއަރި 6 މިލިއަން

މި އަހަރުގެ ޖެނުއަރީ މަހު ރާއްޖޭން އެކްސްޕޯޓް ކުރީ 15 މިލިއަން ރުފިޔާގެ ކަޅުބިލަ މަހެވެ. ނަމަވެސް ފެބްރުއަރީ މަހު މި އަދަދު ވަނީ 32 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ ރާއްޖޭގެ މަސްވެރިންގެ އާބާދީގެ ބޮޑުބައެއް ހަރަކާތްތެރިވާ މަސްވެރިކަމަށެވެ. ނަމަވެސް މިދިޔަ ސަރުކާރުން މަހުގެ އަގު މިފްކޯއަށް ނުކަތާ ވަރަށް ބޮޑު ކުރުމާއެކު ފައިސާ ދޭން ދަތިވުމުން މަސްވެރިކަމުން ގިނަ ބަޔަކު ދުރުވި އެވެ. ނަމަވެސް އަލަން މަސްވެރިންނަށް ފައިސާ ދޭން ފަށާފައިވަނީ ޑިސެމްބަރު 10 އަކުން ފެށިގެންނެވެ. މިދިޔަ ދެ މަހަށް ބަލާއިރު ރާއްޖޭން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ގަނޑުކުރި ބޮޑު ކަންނެއްޔެވެ. އެގޮތުން ޖެނުއަރީ މަހު 29 މިލިއަން ރުފިޔާގެ ބޮޑު ކަންނެލި އެކްސްޕޯޓް ކުރިއިރު މި އަދަދު ފެބްރުއަރީ މަހު ވަނީ 114 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. 

އިމްޕޯޓް އާމްދަނީ ދަށް

ބަޖެޓުގައި މި އަހަރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ފިނޭންސް މިނިސްޓްރީން އާއްމުކުރާ ވީކްލީ ފިސްކަލް ރިޕޯޓް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނީ 651.3 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ލިބުނީ 505 މިލިއަން ރުފިޔާ އެވެ. 

އިމްޕޯޓް އާމްދަނީ އާއި އެފްޓީއޭއާ ގުޅުމެއް ނެތް

މި އަހަރުގެ ފުރަތަމަ މަހެއްހާ ދުވަހު، ދައުލަތަށް ލިބުނު އާމްދަނީ އާ އެކު އިމްޕޯޓު ޑިޔުޓީން ލިބުނު އާމްދަނީ ދަށްވުމުގައި، ޗައިނާ އާ އެކު އަމަލުކުރަން މިހާރު ފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) އާ ގުޅުމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވެ އެވެ.

ޕީއެސްއެމްގައި މިރޭ ބޭއްވި "އަހާ ފޯރަމް" ގައި ޗައިނާ އެފްޓީއޭ އާ ގުޅުވައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ސައީދު ވިދާޅުވި ގޮތުގައި، އެ އެއްބަސްވުމުގެ ދަށުން ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ޗައިނާއިން ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެއަށް ގެނެސްފަ އެވެ.

ނަމަވެސް، ގާތްގަނޑަކަށް 34 މިލިއަން ރުފިޔާގެ މުދަލުން، ޑިޔުޓީ މާފުވެފައިވަނީ 2.3 މިލިއަން ރުފިޔާ ކަމަށާއި، އެއީ މުދަލުގެ ސީއައިއެފުން ބަލާއިރު، އެންމެ ޕަސެންޓެއް ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.

"އެހެންވީމާ އެފްޓީއޭއާ މި އަކާ ގުޅުމެއް ނެތް. މި އައި ޑްރޮޕުގެ، ޑިކްލައިންގެ ގުޅުމެއް އެ އަކާ ނެތް،" ސައީދު ވިދާޅުވި އެވެ.

ރާއްޖެ އަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއް ކަން ފާހަގަކުރައްވައި ސައީދު ވިދާޅުވި ގޮތުގައި، ރާއްޖެއަށް ފައިދާ ބޮޑުވާނީ ބޮޑެތި ރޭޓުތަކުގައި ޑިޔުޓީ ނެގުމުގެ ބަދަލުގައި ވިޔަފާރިވެރިންނަށް ފަސޭހައިން މުދާ ބޭރުކޮށް އެތެރެކުރެވޭނެ މަގު ތަނަސްވެގެންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.