އެޗްޑީސީ އިން ވަނީ ކުޑަ އީދު ފާހަގަ ކުރަން ހުޅުމާލެ ދިއްލުމުގެ އިތުރުން މިރޭ ހަވާ ވެސް އަރުވާފަ އެވެ.
ކުލަގަދަކޮށް އީދު ފާހަގަ ކުރަން ސަރުކާރުން ނިންމުމާއެކު އެޗްޑީސީ އިން ވަނީ މިއަދާއި މިރޭ ވެސް ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
އީދު ފާހަގަ ކުރުމުގެ ހަރަކާތްތަކުގެ ތެރޭން މިރޭ ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައިވަނީ އެޗްޑީސީ އިން ހުޅުމާލޭގައި ބޭއްވި ޑްރޯން ޝޯ އަށެވެ. ގިނަ އަދަދެއްގެ ޑްރޯންތަކެއް ބޭނުންކޮށްގެން ވަނީ ޖައްވުގައި ތަފާތު ތަފުޒުތައް ދައްކުވައިދީފަ އެވެ.
"އީދު މުބާރިކް" އަދި އެޗްޑީސީގެ ލޯގޯގެ އިތުރުން ފަލަސްތީންގެ ދިދައިގެ ކުލަތައް ހިމެނޭހިތެއް ވެސް ވަނީ ޖައްވުގެ ތެރޭގައި އަޅާލާފަ އެވެ.
އެޗްޑީސީ އިން މި އަހަރު ވެސް ހުޅުމާލެ ތަފާތު ކުލަ ބޮކި ތަކުން ޒީނަތްތެރިކޮށްފައިވާއިރު "އީދު ހަވާ" އެރުވުން ވެސް ކުރިއަށް ގެންދިޔަ އެވެ. މި މަންޒަރު ބަލަން ކުދި ބޮޑު ގިނަ ބަޔަކު ޖަމާވި އެވެ.