ހުޅުމާލޭގެ މިސްކިތެއްގައި އީދު ނަމާދަށް އިމާމު ނައުމުން ސަސްޕެންޑުކޮށްފި

ހުޅުމާލޭގެ މިސްކިތެއްގައި އީދު ނަމާދަށް ހަމަޖައްސާފައިހުރި އިމާމު ނައި މައްސަލާގައި، އޭނާ އަށް ހަރުކަށި ފިޔަވަޅު އަޅައިފި އެވެ. 

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ހުޅުމާލެ އަޒީޒާ މިސްކިތުގައި އީދު ނަމާދުކުރުމަށް އިމާމުކަން ހާވާލުކޮށްފައިވާ މީހާގެ އިތުރުން އޭނާގެ ބަދަލުގައި ޖައްސާފައިވާ މީހާ ވެސް މިއަދު މިސްކިތަށް ހާޒިރުނުވާ ކަމަށެވެ.

އެހެންކަމުން، އުސޫލުގެ ތެރެއިން މައްސަލަ ބަލައި ފަސް އަހަރު ދުވަހަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ހުތުބާ ކިއުމުން ސަސްޕެންޑްކުރަން އަންގާފައިވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

މީގެއިތުރުން، އިމާމުގެ ބަދަލު އިމާމު ގޮތުގައި ހަމަޖައްސާފައިވަނީ މިސްކިތުގައި ހުންނަ އަސްލު އިމާމުކަމުން، މިނިސްޓްރީއަށް ނާންގައި ޖަމާއަތަށް ހާޒިރުނުވާތީ، އެ މައްސަލަވެސް ވަކިން ބަލައި އުސޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރަން ވެސް ކަމާބެހޭ ޔުނިޓަށް އަންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި، އަޒީޒާ މިސްކިތަށް އިމާމު ނައުމުން، އިމާމުކަން ކޮށްފައިވަނީ ބިދޭސީއެކެވެ. އަދި ނަމާދަށްފަހު އީދު ހުތުބާ އޭނާ ކިޔާފައިވަނީ އަރަބި ބަހުން ކަމަށް ވެސް ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.