އީދު ހުތުބާގައި ބުނެފައިވާ ގޮތުން ރަހިމުގެ ގުޅުން ބަދަހި ކުރުމަކީ މިއަދުގެ ދުނިޔޭގައި ވަރަށް ފަސޭހަކަމެއްގެ ގޮތުގައި ބުނެފައިވެ އެވެ.
އީދު ފާހަގަ ކުރަމުންދާއިރު ގުޅުންތައް ދެމެހެއްޓުމާއި ރަހިމުގެ ގުޅުން ވަރުގަދަ ކުރަން އީދު ހުތުބާގައި ގޮވާލައިިފި އެވެ.
މިއަދު ހެނދުނު 7:00 ގައި މުޅި ރާއްޖޭގައި ކުރެވުނު އީދު ނަމާދުގެ ފަހުގައި އިއްވި ހުތުބާގައި ބުނެފައި ވަނީ މިއަދު އީދު ނަމާދަށް ޓަކައި އެއްވެ ތިބި ތިބުން ހާމަކޮށްދެނީ އަހަރެމެންގެ އެއްބައިވަންތަކަމެވެ. އަހަރެމެންގެ ކުޑަކުދީންނާއި ބޮޑެތި މީހުންގެ މެދުގައި، ފަގީރުންނާއި މުއްސަނދީންގެ މެދުގައި އޮތް ކުލުނުވެރިކަމާއި ލޯތްބެވެ.
"މިއަދު ހުރިހައި ރުޅިވެރިކަމަކާއި ހަސަދަވެރިކަމަކުން އަހަރެމެންގެ ހިތްތައް ސާފުކުރާށެވެ! ބައިބައިނުވެ، އެއްގަލަކަށް އަރާށެވެ! އަހުރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އަނެކާގެ ޙައްޤު އަދާކުރާށެވެ! މައިންބަފައިންގެ ޙައްޤުތަކުން ފަށާށެވެ! މައިންބަފައިންކުރެ ހަމަ އެކަކު ވެސް ހިތުގައި ނުޖައްސަން މިއަދު ޢަޒުމު ކަނޑައަޅާށެވެ،" ހުތުބާގައި ބުނެފައިވެ އެވެ.
އީދު ހުތުބާގައި ބުނި ގޮތުގައި މިއަދު ހުރިހައި ރުޅިވެރިކަމަކާއި ހަސަދަވެރިކަމަކުން އަހަރެމެންގެ ހިތްތައް ސާފު ކުރަން ގޮވާލެއްވި އެވެ.
"ބައިބައިނުވެ އެއްގަލަކަށް އަރާށެވެ! އަހުރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އަނެކާގެ ޙައްޤު އަދާކުރާށެވެ! މައިންބަފައިންގެ ޙައްޤުތަކުން ފަށާށެވެ! މައިންބަފައިންކުރެ ހަމަ އެކަކު ވެސް ހިތުގައި ނުޖައްސަން މިއަދު އަޒުމު ކަނޑައަޅާށެވެ،" ހުތުބާގައިވެ އެވެ.
އީދު ފާހަގަ ކުރަމުންދާއިރު މުސްލިމުން އިންސާނިއްޔަތުކަން ފާޅުވާން ޖެހޭނެ ކަމަށާ މިއަދު އަހަރެމެން އީދުގެ އުފާފާޅުކުރަމުންދާ އިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައިވާ މުސްލިމު އަހުންނާއި އުހުތުންގެ މަތީން އަހަރެމެން ހަނދާންކުރާން ޖެހޭ ކަމަށް ބުނެފައުވެ އެވެ. އަދި މުސްލިމުންގެ އެ މީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ، އެ ކެކުޅުންތަކުން އެ މީހުން ސަލާމަތްކޮށްދެއްވުން އެދި ހެޔޮ ދުޢާކުރާން ގޮވާލާފައިވެ އެވެ.
"ހަމައެހެންމެ، އަހަރެމެންގެ ދޭދޭ ފަރުދުންގެ މެދުގައި އެއްވެސް ކަހަލަ އަރައިރުމެއް، ދެކޮޅުވެރިކަމެއް އޮތް ނަމަ، އެ ކަން ނައްތައިލާންވީ އެވެ. އިސްލާމް ދީން ގޮވައިލަނީ އަހަރެމެންނަކީ، އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވާ ބަޔަކުކަމުގައި ވުމަށެވެ. އަނިޔާވެރިޔާއާއި އޭނާގެ ފަރާތުން އަނިޔާ ލިބިފައިވާ މީހަކާ ދެމެދު ލޯތްބެއް ނޯންނާނެ އެވެ. ހަގީގީ ލޯބި އޮންނާނީ އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެގެންނެވެ. ބާރުގަދަ މީހާ ނިކަމެތި މީހާގެ އަތުގައި ހިފައިގެންނެވެ. އެކަކު އަނެކަކުގެ ބޭނުންތައް ފުއްދައިދީގެންނެވެ. ޢީދު ރަމްޒުކޮށްދެނީ މި އިންސާނީ ޝިއާރުތަކެއް،" ހުތުބާގައިވެ އެވެ.
މިއަދުގެ އީދު ހުތުބާފައިވަނީ ރަމަޟާން މަސް ވަކި ވެގެން ދިޔައީ އެ މަސް އަހަރެމެންނާ ވަކިވެ ގޮސްފައިވަނީ، އަހަރެމެންނަށް ނުވަތަ އަހަރެމެންގެ މައްޗަށް ހެކިދޭ ހެކިވެރިއެއްގެ ގޮތުގަގައި ކަމަށެވެ. އަދި މާތް ﷲ އަންގަވައިފައިވާ ގޮތަށް ރޯދަ ހިފައި، ރޭ އަޅުކަންކުރި މީހުންނަށް ޝަފާއަތްތެރިވަމުން ކަމަށް ބުނެފައިވެ އެވެ.