އަދި މާޗް 31ވާ ހޯމަ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅާ ކަމަށެވެ.
މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަހަކީ މިއަދު ކަމަށާއި އަދި މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.
މި އަހަރުގެ ޝައްވާލު މަހުގެ ހަނދާ ބެހޭ ގޮތުން ގޮތް ނިންމަން ބޭއްވި ފަލަކީ ކޮމެޓީގެ ބައްދަލްވުމަށް ފަހު އިސްލާމިކް މިނިސްޓްރީން އާންމުކުރި ގޮތުގައި، ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވި ނަމަވެސް އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ސާބިތުވެފައިވާ ކަމަށެވެ.
ހަނދާ ބެހޭ ބަޔާނުގައި ބުނެފައި ވަނީ އެހެންވެ، މާދަމާ އަކީ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅާފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
ސައުދީ ސަރުކާރުން ވެސް ވަނީ ޝައްވާލު މަހުގެ ހަނދު ފެނިފައިވާކޮށް، އިއުލާނު ކޮށް މާދަމާ އަކީ އެގައުމަށް ފިތުރު އީދު ކަމުގައި ކަނޑައަޅާފަ އެވެ.
ނަމަވެސް، ޕާކިސްތާނާއި، އިންޑިއާ، މެލޭޝިއާ އަދި ބަންގްލަދޭޝް އާއި އިންޑޮނޭޝިއާ ފަދަ ގައުމުތަކަށް ފިތުރު އީދު ދުވަހަކީ ހޯމަ ދުވަހެވެ.