"މި ވެހިކަލް މާލޭގެ އެކި ސަރަހައްދުތަކުގައި ދުއްވާފައިވާކަން ފާހަގަކުރެވޭއިރު، ތަހުގީގުން ގަބޫލުކުރާގޮތުގައި 'ވަކި ކަންތައްތަކެއް ނިންމުމަށްފަހު' ބިދޭސީ މީހާ އޭނާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ގެންގޮސްފައިވޭ،" ފުލުހުން ބުންޏެވެ.
ބިދޭސީ މީހުންތަކެއް ދިރިއުޅޭ ގެއެއް ބަލައިފާސްކޮށް، އަތުލައިގަތް ފައިސާތަކެއް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް، މުހައްމަދު ޝަމްއާން ވަހީދުގެ ގެއަށް ގެންދިޔަ ގޮތުގެ ތަފްސީލު ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީންތަކަކަށް އަމާޒުކޮށްގެން މިމަހުގެ 12 ވަނަ ދުވަހު އިމިގްރޭޝަނުން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް އަދި އިމިގްރޭޝަނުން އަމަލުކުރަމުންދާ އުސޫލާ ހިލާފަށް ކަމަށެވެ. އަދި އޮޕަރޭޝަން ހިންގާފައި ވަނީ އޭރުގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދަށް އެނގިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެންމެ ފުރަތަމަ އެ އޮޕަރޭޝަނަށް ދިޔައީ އިމިގްރޭޝަންގައި މިފަދަ އޮޕަރޭޝަން ހިންގުމުގެ މަސްއޫލިއްޔަތު ނޯންނަ ތިން މުވައްޒަފުން ކަމަށެވެ. އެ ތިން މުވައްޒަފުންނަކީ ކޮންޓްރޯލާ ޖެނެރަލްގެ ބިއުރޯގެ ދަށުން ހިންގާ ޕްލޭނިން އަދި މީޑިއާގައި މަސައްކަތް ކުރާ ތިން މުވައްޒަފުންނެވެ.
މި އޮޕަރޭޝަނުގައި ހަތް ބިދޭސީން ހުއްޓުވައި، އެބުނާ ތިން މުވައްޒަފުން އެގެ ބަލައިފާސްކޮށްފައިވާ ކަމަށާއި، އޭގެ ފަހުގައި އެފަދަ އޮޕަރޭޝަންތަކަށް ހާއްސަ ޓީމެއް ގެނެސް ގެ ބަލައި ފާސްކޮށް، ހައްޔަރު ކުރި ބިދޭސީންގެ ތަކެތި ސީލްކޮށް އެމީހުން ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ؛
ފުލުހުން ބުނީ އެމީހާ އިމިގްރޭޝަނުން ދޫކޮށްލުމުން ދިޔައީ ސްޕޮންސަރުގެ ސައިކަލު ފަހަތުގައި ކަމަށާއި ނަމަވެސް ޝަހީދު އަލީ ހިނގުމުން އިމިގްރޭޝަންގެ ވެހިކަލަކަށް އަރާފައިވާ ކަމަށެވެ.
"މި ވެހިކަލް މާލޭގެ އެކި ސަރަހައްދުތަކުގައި ދުއްވާފައިވާކަން ފާހަގަކުރެވޭއިރު، ތަހުގީގުން ގަބޫލުކުރާގޮތުގައި 'ވަކި ކަންތައްތަކެއް ނިންމުމަށްފަހު' ބިދޭސީ މީހާ އޭނާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ގެންގޮސްފައިވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ؛
ފުލުހުން ބުނީ ޝަމްއާން ދިރިއުޅޭ ގެއަށް ވަންނައިރު ކޮތަޅުގައި ފައިސާ ހުރި މަންޒަރު އަދި ގެއިން ނުކުންނައިރު އެ ކޮތަޅު މުވައްޒަފެއްގެ އަތުގައި ބޮނޑިކޮށްލާފައި އޮތް މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށެވެ.
ފުލުހުން ވަނީ ޝަމްއާން ދިރިއުޅޭ ގެ ބަލައި ފާސްކޮށް 257،475 ރުފިޔާ އާއި 10،000 ޑޮލަރު އާއި އެހެނިހެން ބައެއް ގައުމުތަކުގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ހޯދައި، ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މި މައްސަލައިގައި ޝަމްއާން ހިމެނޭހެން ފަސް މީހަކު ހައްޔަރު ކޮށްފައިވާއިރު، އެ މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.