ޓޮޕްއަޕް ލޯނު ދޭނީ ހަތް ލައްކަ ރުފިޔާއަށްވުރެ ބޮޑު ނުވާ އަދަދަކަށެވެ. މިނިސްޓްރީން ބުނީ މި ލޯނު ދޭއިރު، އެކަޑެމިކް މެރިޓް ސްކޯރިންއިން އެންމެ މަތިން ސްކޯ ކުރާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށެވެ.
ސަރުކާރުގެ ސްޓޫޑަންޓު ލޯން ސްކީމުގެ ދަށުން، ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް 500 ފުރުސަތަކަށް މިއަދު ހުޅުވާލައިފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން ދެ ގިންގިއަކަށް ލޯނު ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ދޭ ޓޮޕްއަޕް ލޯނެވެ.
އެގޮތުން، އަލަށް ކިޔަވާ ދަރިވަރުން ކަމަށް ބަލާނީ ލޯނަށް އެދުމުގެ ސުންގަޑި ހަމަވާއިރު އެއްވެސް މަރުކަޒެއްގައި ރަޖިސްޓްރީ ނުވެ އޮތް ފަރާތްތަކަށެވެ. އަދި މިހާރު ކިޔަވަމުންދާ ދަރިވަރުން ކަމުގައި ބަލާނީ އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑީގެ ކުރިން މަތީތައުލީމުދޭ މަރުކަޒެއްގައި ރަޖިސްޓްރީވެފައިވާނަމަ އެވެ.
ޓޮޕްއަޕް ލޯނު ދޭނީ ހަތް ލައްކަ ރުފިޔާއަށްވުރެ ބޮޑު ނުވާ އަދަދަކަށެވެ. މިނިސްޓްރީން ބުނީ މި ލޯނު ދޭއިރު، އެކަޑެމިކް މެރިޓް ސްކޯރިންއިން އެންމެ މަތިން ސްކޯ ކުރާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށެވެ.
ޓޮޕްއަޕް ލޯނު ދެނީ މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހްތިޔާރުން ބޭރުން ދިމާވާ ސަބަބަކާ ހުރެ ޕްރޮގްރާމް ފުރިހަމަ ނުކުރެވި ތިބި ދަރިވަރުންނާއި، ފުރިހަމަކުރި ޕްރޮގްރާމާ ގުޅިގެން ހަދަންޖެހޭ އިންޓާންޝިޕް ހެދުމަށް ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުންނެވެ.
ސްޓޫޑެންޓް ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 1:30 ގެ ކުރިންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ސްޓޫޑެންޓް ލޯނު ސްކީމް "ޝަރީއާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ބައެއް ބަދަލުތައް ގެންނަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަފާވަ އެވެ. އޭގެ ތެރޭގައި، ދަރިވަރުން އަތުން ނަގާ އެޑްމިނިސްޓްރޭޝަން ފީ ކަނޑާލުމަށް ވަނީ އަންގަވާފަ އެވެ.